ads
އައްޑޫ ސިޓީ
އައްޑޫއިން ރޭ ކަރަންޓު ކެނޑުނު މައްސަލަ ތަހުގީގުކުރަނީ
އައްޑޫ ސިޓީން ރޭ ކަރަންޓު ކެނޑުނު މައްސަލަ ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ތަހުގީގުކުރަމުން އަންނަކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
Advertisement

އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށްތަކުން ކަރަންޓް ކެނޑުނީ ރޭ މެންދަމު 1:45 ގައެވެ. އަދި ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓް ދެވުނީ މިއަދު ހެނދުނު ކަމަށް ފެނަކައިން ބުނެއެވެ. 

ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އައްޑޫ ސިޓީން ކަރަންޓް ކެނޑުމުން ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓް ދިނުމަށް ކުރެވުނު މަސައްްކަތުގެ ތެރޭގައި އިތުރަށް ތަހުގީގުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން ފާހަގަކުރެވުނު ކަންތައްްތައް ކަމާއި ބެހޭ އިދާރާތަކާއި ގުޅިގެން ތަހުގީގުކުރަމުން އަންނަކަމަށް ފެނަކައިން ބުނެއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ފެނަކައިން މިހާތަނަށް ދީފައެއްް ނުވެއެވެ. 

ފެނަކައިން ބުނީ މިފަދަ ވަގުތެއްގައި ކަރަންްޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ނިހާޔަތައް މައާފަށް އެދޭކަމަށެވެ. އަދި އައްޑޫ ސިޓީއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް އެއްވެސް ދައްޗެއް ނުވާ މިންވަރަށް ކެޕޭސިޓީ ގާއިމުކުރެވިފައިވާކަމުގެ ޔަގީންކަން ދޭކަމަށްވެސް ފެނަކައިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;