ads
ހޮސްޕިޓަލް
ހިތުގެ ބަލިތަކުގެ މުހިއްމު ފަރުވާތަކެއް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަށައިފި
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ހިތުގެ ބަލިތަކަށް ބޭނުންވާ މުހިއްމު ފަރުވާތަކެއް ފަށައިފި އެވެ.
Advertisement

މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އޭއީއެޗް އާއި ނެޝަނަލް ކާޑިއެކް ސެންޓަރު ގުޅިގެން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދަތުރުތަކެއް ކޮށްފައިވާ ކަމަށެވެ.

މިއީ ސިއްހީ ހިދުމަތް ލާމަރުކަޒީކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ފަރުވާ ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެކެވެ. 

މި ހިދުމަތާއެކު، ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ ރާއްޖޭން ބޭރަށް ކުރަންޖެހޭ ދަތުރުތައް މަދުވެ، ހިތުގެ ބަލިތަކަށް ބޭނުންވާ އަވަސް ފަރުވާގެ ޔަގީންކަން ދެކުނުގެ ރައްޔިތުންނަށް މިވަނީ ލިބިގެން ގޮސްފަ އެވެ.


އޭއީއެޗުގައި ދާއިމީކޮށް ފެށި ސާޖަރީތަކާ ބެހޭގޮތުން އެ ހޮސްޕިޓަލުން ބުނީ އެފަދަ ކޭސްއެއް އައުމުން މާލެއިން އެ ކަމަކަށް ހާއްސަ އޮޕަރޭޝަން ޑޮކްޓަރުން އަންނާނެ ކަމަށެވެ.

އަދި އޭއީއެޗްގައި ނުކުރެވޭފަދަ އޮޕަރޭޝަނެއް ނަމަ އެ މީހާކު މާލެ ގެންނާނެ ކަމަށާއި އަދި އެ މުއްދަތުގައި އޭއީއެޗްގެ ޑޮކްޓަރުން ވެސް އެކަމަށް ތަމްރީނު ކުރަމުންދާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;