މާލެ ޓެކްސީ ލައިންގެ ހިދުމަތް ރޭ އިފްތިތާހުކޮށްދެއްވީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި ޓެކްސީ ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ 150 ކާރު މިހާރު ވަނީ ގެނެސްފަ ބޭނުން ކުރަން ފަށައިފަ އެވެ.
ސަރުކާރުން މި ހިދުމަތަށް ގެނައީ ތިން ސައިޒެއްގެ ކާރެކެވެ. އެމްޓީސީސީން ބުނި ގޮތުގައި:
ޑީޕަލް S05 ސައިޒުގެ 60 ކާރު؛ މި ކާރުތަކުގައި ހަތަރު ސީޓު، ކާގޯ ސްޕޭސް ނުވަތަ ޑިކީގެ ގޮތުގައި ކާރުގެ ފަހަތް އަދި ކާރުގެ ކުރީ ޓްރަންކް ވެސް ލަގެޖު އެރުވުމަށް ބޭނުން ކުރެވޭނެ
ލޫމިން ސައިޒުގެ 70 ކާރު؛ މިއީ މާލޭގެ ހަނި ގޯޅިތަކަށް ވަދެވޭ ވަރުގެ ކުދި ސައިޒު އަދި މި ކާރުތަކަށް ކާގޯ ސްޕޭސް ނުވަތަ ޑިކީއަށް ކުދި ސައިޒުގެ ލަގެޖުތައް ލެވޭނެ
ޑީޕަލް S07ގެ 20 ކާރު؛ މިއީ ހަތަރު ފަސިންޖަރުންނަށް ދަތުރުކުރެވޭ އަދި މި ކާރުތަކުގެ ކާގޯ ސްޕޭސް ނުވަތަ ޑިކީގެ ގޮތުގައި ކާރުގެ ފަހަތް އަދި ކާރުގެ ކުރީ ޓްރަންކް ވެސް ލަގެޖު އެރުވުމަށް ބޭނުންކުރެވޭނެ
ޓެކްސީލައިން ހިދުމަތް ރައްޔިތުންނަށް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައިވާ ކުންފުޏި އެމްޓީސީސީއިން މިއަދު ބުނީ މާލެ ޓެކްސީ ލައިންގެ ހިދުމަތް މިއަދުން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް މުޅިން "ހިލޭ" ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުގެ މަތިން އެ ހިދުމަތުން އަގު ނެގުމުގެ ކުރިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ހިލޭ ދަތުރުކުރެވޭ މުއްދަތުގައި ރައްޔިތުން ހިޔާލް ހޯދުމަކީ އެ ކުންފުނީގެ މައިގަނޑު އަޒުމު ކަމަށް އެމްޓީސީސީއިން ބުންޏެވެ.
އެހެންކަމުން އެ މުއްދަތުގައި 1655 ހޮޓްލައި މެދުވެރިކޮށް ދަތުރު ބުކްކޮށް ހިދުމަތް ހޯދުމަށް ހުރިހާ ކަސްޓަމަރުންނަށް ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;