ads
ޓޫރިޒަމް ދާއިރާއަށް ދެއަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލަރު ދޫކުރިން: ބީއެމްއެލް
ޓޫރިޒަމް ދާއިރާ އަށް ނިމުނު ދެ އަހަރު ތެރޭ އަލަށް 365 މިލިއަން ޑޮލަރު ބީއެމްއެލް އިން ދޫކޮށްފި އެވެ.
Advertisement

ރާއްއްޖޭގެ ޓޫރިޒަމް ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށާއި އަދި އެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އާ ލޯނުގެ ގޮތުގައި 365 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. 

ޝަރީފް މިހެން ވިދާޅުވީ ބީއެމްއެލްގެ އޭޓީއެމް ވިއުގަ ފުޅާކޮށް އާ ހަ ބްރާންޗެއް އިފްތިތާހު ކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޝަރީފް ވިދާޅުވީ ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. 

"މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދޭ." ޝަރީފް ވިދާޅުވި އެވެ.

އަދި މިއަދާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނު ޕޯޓްފޯލިއޯ 585 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މިދިޔަ އަހަރު ބީއެމްއެލުން ވަނީ އެކި ބޭނުންތަކަށް 660 އަށް ވުރެ ގިނަ ޑޮލަރު ވިއްކައިފަ އެވެ

ބީއެމްއެލްގައި ޑޮލަރު ލިކުއިޑިޓީ ނެތްކަމަށް ބުނެ ދައްކަމުންދާ ވާހަކަ ވެސް ޝަރީފް ރޭ ވަނީ ދޮގުކުރައްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;