ads
އިލެކްޝަންސްގެ ތައްޔާރީތަކުގެ ތެރެއިން
ދެ އިންތިހާބު އެއްކުރާ މައްސަލަ ބޭރުކޮށްލައިފި
ދެ އިންތިހާބު އެއްކުރުން ހުއްޓުވުމަށް ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހުށަހެޅުއްވި ދުސްތޫރީ މައްސަލަ، ހައިކޯޓުން ބޭރުކޮށްލައިފި އެވެ.
Advertisement

ހައިކޯޓުގެ ރަޖިސްޓްރާ މަރިޔަމް ހޫރުޝިދާ އެ މައްސަލަ ބޭރުކޮށްލިއިރު ބޭރުކޮށްލި ނިންމުމުގައިވަނީ، ޚިޔާލު ހޯދުމުގެ ވޯޓު ބާއްވަން ރައީސް މުޢިއްޒު ނެރުއްވި ގަރާރަށް ގާނޫނެއްގެ ދަރަޖައެއް ދެވޭނެ އަސާސެއް ނެތް ކަމަށާއި، އެ ގަރާރަކީ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ބާރުލިބިގެން އެ އިމުގެ ތެރެއިން އެކުލަވާލައިފައިވާ މަސްދަރެއްނޫން ކަމަށެވެ. އެހެންވެ، ދުސްތޫރީގޮތުން ހައިކޯޓަށް މި މައްސަލަ ނުބެލޭނެ ކަމަށް، އެ ނިންމުމުގައި ވެއެވެ.

ޝުނާނާ ހުށަހެޅުއްވި މައްސަލައިގެ ބަޔާނަށް ބަލާއިރު، ރައީސް ނެރުއްވި ގަރާރަކީ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް، ނުވަތަ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ބާރުލިބިގެން އެ ގާނޫނުގެ އިމުގެ ތެރެއިން އެކުލަވާލައިފައިވާ މަސްދަރެއްކަން ޝުނާނާގެ ފަރާތުން ބަޔާންކޮށްދީފައިނުވާ ކަމަށް ވެސް، ރަޖިސްޓްރާގެ ނިންމުމުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;