ads
މަރަން ހުކުމްކޮށްފައިވާ ސަމާހް
ވާރިސުން އެދުނު ގޮތަށް ސަމާހް މަރަން އަނެއްކާވެސް ހުކުމްކޮށްފި
މާލެ އަތޮޅު ކާށިދޫގައި ޑިއުޓީގައި ހުރި ފުލުހަކަށް ހަމަލާދީ މަރާލި މައްސަލައިގައި، ފުލުސް މީހާގެ ވާރިސުން އެދުނު ގޮތަށް، އެ މައްސަލައިގެ ކުށް ސާބިތުވި، މުހައްމަދު ސަމާހު މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

13 އަހަރު ކުރިން ކ. ކާށިދޫގައި ޑިއުޓީއަށް ނުކުމެ ހުއްޓައި ވަޅިއަކުން ހަމަލާދީ މަރާލީ، ޕޮލިސް ސާޖަންޓް އާދަމް ހަލީމްއެވެ. އޭނާ މަރާލާފައިވަނީ 23 ޖުލައި 2012ގަ އެވެ.

އެ މައްސަލައިގައި ކާށިދޫ ސުވާސާގޭ ސަމާހް މަރަން ކްރިމިނަލް ކޯޓުން އެންމެ ކުރިން ހުކުމް ކުރީ 2013 ވަނަ އަހަރުއެވެ. އެ ހުކުމް ހައިކޯޓުންވެސް ދަހަމަހައްޓާފައިވަނިކޮށް، ސުޕްރީމް ކޯޓުން 2024 ވަނަ އަހަރުވަނީ އެ މައްސަލަ އަލުން ބަލަން ހުކުމްކޮށްފައެވެ. އެއީ އޭނާ ކުރިން ކުށަށް އިއުތިރާފުވީ އަނިޔާ ލިބިގެން މަޖުބޫރު ހާލަތުގައި ކަމަށް ސަމާހު ބުނުމުންނެވެ.

އަލުން އެ މައްސަލަ ބަލައި، މި ހަފްތާގައި ކްރިމިނަލް ކޯޓުން ވަނީ އާދަމް ހަލީމަށް ސަމާހު ހަމަލާ ދިނީ މަރާލުމުގެ ގަސްތު އޮވެގެން ކަން ސާބިތުވާ ކަމަށް ކަނޑައަޅައިފަ އެވެ. ސަމާހުގެ މައްޗަށް ގާތިލެއްގެ ކުށް ސާބިތުވާތީ ކްރިމިނަލް ކޯޓަށް އާދަމް ހަލީމްގެ ވާރިސުން ހާޒިރުކޮށް ވާރިސުން އެދޭ ގޮތް ވަނީ ސާފުކޮށްފަ އެވެ.

ވާރިސުން އެދެނީ ގިސޯސް ހިފަން ކަމަށް ވާތީ، އިސްލާމީ ޝަރީއަތުގެ އުސޫލުތަކާ ހިލާފު ނުވާނެ ގޮތެއްގެ މަތިން ސަމާހު މަރަން އެ ކޯޓުން ހުކުމްކޮށް ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އެންގީ މިއަދުއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;