މިދިޔަ މަހު 12 ވަނަދުވަހުގެ ރޭ ދިގުރަށުގައި ބިދޭސީން އުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާނުގެ ހާދިސާ ހިނގީ ހާރު ކެއުމަށް ކާއެއްޗެހި ތައްޔާރުކުރުމަށް އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރު ގޮވައިގެންނެވެ.
އެ ހާދިސާގައި ފަސް މީހަކު މަރުވެ ދެ މީހެއްގެ ހާލު އަދިވެސް ސީރިއަސްވެ އަންނަނީ ފަރުވާ ދެމުންނެވެ. މަރުވި އެންމެނަކީވެސް ބަންގުލަދޭޝް ރައްޔިތުންނެވެ.
އައިޖީއެމްޗުގައި ފަރުވާދެމުން އަންނަ ދެމީހުންނަށް އެންމެ ފުރަތަމަ ފަރުވާދިނީ ވެންޓިލޭޓަރުގައެވެ. އޭގެފަހުން އެމީހުން އައިސީޔޫއަށް ބަދަލުކޮށް މިހާރު ފަރުވާދެމުން އަންނަނީ ވޯޑުގައި ބާއްވައިގެންކަމަށްް އެ ހޮސްޕިޓަލުން ބުނެއެވެ.
އެ ހާދިސާއެއްގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ބަންގްލަދޭޝަށް ވަނީ ގެންގޮސްފައެވެ.
ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާ ފުރިހަމައަށް ތަހުގީގުކުރުމަށާއި، މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް ރައީސް މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;