ފުލުހުނ ބުނީ މިދިޔަމަހުގެ 22 އިން 28 އަށް މާލޭގައި އެކަނިވެސް 49 އެކްސިޑެންޓް ހިނގާފައިވާކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މަހުގެ 25 ވަނަދުވަހުކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ. އެދުވަހު އެކަނި 13 އެކްސިޑެންޓް މާލޭ ސަރަހައްދުގައި ހިނގާފައިވާކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކައެވެ.
މިދިޔަ ހަފްތާގައި އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ ސައިކަލާއި ކާރު ޖެހިގެންކަމަށް ފުލުހުން ބުނެެއެވެ. އެގޮތުން ކާރާއި ސައިކަލް ޖެހި 14 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މީގެއިތުރުން ދެ ސައިކަލު ޖެހިގެންވެސް މިދިޔަ ހަފްތާގައި 14 އެކްސިޑެންޓް ހިނގާފައިވެއެވެ. ފުލުހުން ބުނީ އެކްސިޑެންޓްވުމުން މަޑުނުކޮށް ދިޔަ ހަތް މައްސަލައެއް މިދިޔަ ހަފްތާގައި ރިޕޯޓްކޮށްފައިވާކަމަށެވެ.
މިދިޔަ ހަފްތާގައި ހިނގި މި އެކްސިޑެންޓްތަކުގައި 56 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެކަކަށް ސީރިޔަސް އަނިޔާތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި އެކްސިޑެންޓްތަކުގައި ހިމެނޭ ބައެއް އުޅަނދުތަކަށްވެސް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;