ads
ސޭވް މޯލްޑިވްސް ކެމްޕޭން ޓީމް
ވިލިމާލޭގައި އަޅާ ޓަވަރުތަކުގެ މަސައްކަތް ހުއްޓާލަން ސޭވް މޯލްޑިވްސް އިން ގޮވާލައިފި
ސަރުކާރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް، ބޯހިޔާވަހިކަމުގެ ނަމުގައި މަޝްރޫއުއެއް ފެށުމަށް ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކްޝަން ކުންފުންޏާއި ހަވާލުކޮށް ވިލިމާލޭގެ ފުނަވަލުގެ ސަރަހައްދުގައި 17 ބުރީގެ 3 ޓަވަރު އެޅުމަށް ހިންގާ މަޝްރޫއު ހުއްޓާލުމަށް ސޭވް މޯލްޑިވްސް ކެމްޕޭނުން ގޮވާލައިފި އެވެ.
Advertisement

އެ ކެމްޕޭންގެ ފަރާތުން ބޭއްވި ބައްދަލުވެމެއްގައި އެ ކެމްޕޭނުން ބުނީ ފުނަވަލަށް ގެއްލުން ނުވާނެ ގޮތަށް ކުރާނެކަމަށްބުނެ، މިވަރުގެ ބިނާތަކެއް ވަލުގެ ސަރަހައްދު ބޭނުންކޮށްގެން ހެދުމަށް ތައްޔާރުވަމުންދާއިރު، މިއީ މި ގަސްތަކާއި، މުޅި މާހައުލީނިޒާމު އެގޮތުގައި ދަމަހައްޓާ ދިރުންތަކަށް އިޔާދަނުކުރެވޭނެ ގެއްލުންވާނެ ފަދަ މަޝްރޫއެއް ކަމުގައި އެެވެ. 

ސޭވް މޯލްޑިވްސް އިން އިތުރަށް ފާހަގަ ކުރި ގޮތުގައި ވިލިމާލޭގެ 30 ނަންބަރު ބުލޮކުގައި ހުރި ފުނަ ގަސްތަކަކީ ހިމާޔަތް ކުރެވިފައިވާ ގަސްގަހާ ގެހީގެ ދަފްތަރުގައި ހިމެނިފައިވާ ގަސްތަކެއް ކަމަށާއި އެއީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ދިވެހިރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ހިމާޔަތްކުރެވިފައިވާ ގަސްގަސް ކަމުގައި އެވެ. 

"މި އެންމެހާ ކަންކަމަށް ރިއާޔަތްކޮށް، ޒިންމާދާރު މަގު ހިޔާރުކޮށް، މި މަޝްރޫއު ވިލިމާލެ ނޫން ތަނަކަށް ބަދަލުކުރުމަށް ސަރުކާރަށާއި ކަންނިންމުމުގައި ބައިވެރިވާ ޕަބްލިކް އަދި ޕްރައިވެޓް ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ. ރާއްޖޭގެ ދިރިއޮތް ވެށްޓާއި އާންމު ސިއްހަތު ރައްކާތެރި ކުރުމާއި، ގާނޫނީ ހަމަ ނެގެހެއްޓުމުގެ ޒިންމާއަކީ ޕްރައިވެޓް ކުންފުނިތައް އިސްތިސްނާވާ ކަމެއް ނޫންކަން މި މަޝްރޫއުތައް ހިންގާ ކުންފުނިތަކުގެ ސަމާލުކަމަށްޓަކައި ހަނދާންކޮށްދެމެވެ." ސޭވް މޯލްޑިވްސް އިން ބުނި އެވެ.

މީގެ އިތުރުން ވިލިމާލޭގައި ޗައިނާ ސަރުކާރުގެ އެހީގެދަށުން 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް ސަރުކާރުން ކަނޑައަޅާފައިވާ ކަމަށާއި މިމަޝްރޫއުވެސް ކުރިޔަށް ގެންދަން ނިންމާފައިވަނީ ވިލިމާލޭގެ ޒަމާންވީ 50 އެތައް ގަހެއް ހުރި ސަރަހައްދެއްގައި ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައި އެވެ. 

ރައްޔިތުންގެ އާންމު ސިއްހަތާއި މަސްލަހަތަށް ސަމާލުކަން ނުދީ މި މަޝްރޫއު ވިލިމާލޭގައި ހިންގުމުގެ މާނައަކީ ކޮބައިކަން ސާފެއް ނުވާ ކަމަށް ފާހަގަ ކުރަމުން ސޭވް މޯލްޑިވްސް އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީފަރުވާގެ ހާލަތު އިންތިހާއަށް ދަށްވެ، ރައްޔިތުންގެ އަތުން ބޮޑު ޚަރަދުތަކެއް ކޮށްގެން މާލޭގެ އައި.ޖީ.އެމް ހޮސްޕިޓަލަށް އައުމަށް މަޖުބޫރުކުރާ ކަމުގައި އެވެ. 

އަދި ވިލިނގިލީގައި މިފަދަ ހޮސްޕިޓަލް އެއް އެޅިނަމަވެސް އެ ކަމުގެ ސަބަބުން ރާއްޖޭގެ މުޅި ސިއްހީނިޒާމު ހަރުދަނާވެގެންދާނެ ކަމެއްވެސްނޫން ކަމަށް އެ ޖަމިއްޔާ އިން ބުނެ އެެވެ.

މި ޖަމިއްޔާއިން ވަނީ ސަރުކާރުން ކުރިޔަށްގެންދާ މިފަދަ މަޝްރޫއުތަކުގެ ސަބުބުން ތިމާވެއްޓަށް ނުވަތަ އާންމުންގެ ސިއްހަތަށް އަސަރެތަކެއް ކުރާނަމަ އެކަން ކަން ވަގުތުން ހުއްޓަލަން ސަރުކާރަށް ގޮވާލާފައި އެެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;