ads
ދިއްދޫގައި ދަނާލު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް ހަދަން ސޮއިކޮށްފި
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފުޅާކުރުމަށް ކުރަމުންްދާ މަސައްކަތުގެ ދަށުން، ހއ. ދިއްދޫގައި ދަރިވަރުންގެ ދަނާލެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްްފިއެވެ.
Advertisement

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އާއިޝަތު ހިކްމާއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދް ޝަރީފް އަބްދުއްރަޙްމާން ޔޫސުފެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުން އަމިއްލަ ރަށުގައި ނުވަތަ އަތޮޅުގައި ތިބެގެން ފެންވަރު ރަނގަޅު މަތީ ތަޢުލީމާއި ތަމްރީނު ހޯދޭނެ ފަހި މާހައުލެއް ބިނާކޮށްދިނުންކަމަށް ހަޔާ އެޑިއުކޭޝަންް މިނިސްޓްރީން ބުނެއެވެ. ދިއްދޫގައި ތަރައްޤީކުރާ މި އެކަމަޑޭޝަން ބްލޮކަކީ ފާހާނާއާ އެކު ފަރުމާކުރެވިފައިވާ ޒަމާނީ ފެންވަރުގެ 32 ކޮޓަރިތަކެއް ހިމެނޭ ތަނެއްކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، ދަރިވަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ކިޗަން، ޑައިނިން، ލޯންޑަރީ، ޖިމް އަދި ރެކްރިއޭޝަން އޭރިއާއެއްވެސް މި އިމާރާތުގައި ހުންނާނެކަމަށްވެސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ދިއްދޫގައި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިހާރު ތަރައްގީ ކުރަމުންދާ ޖޫނިއާ ކޮލެޖަކީ ހޮސްޕިޓަލިޓީ، އޮޓޮމޯޓިވް، ވެލްޑިން އަދި އިންޖިނިއަރިން ފަދަ ޓެކްނިކަލް ދާއިރާތަކުން ޒުވާނުން ވޮކޭޝަނަލްކޮށް ތަމްރީނުކުރުމަށް ހާއްސަ ކުރެވިފައިވާ މަރުކަޒެކެވެ. 

ދިއްދޫގައި ހަދާ ދަނާލުގެ ސަބަބުން ސަބަބުން، އެ ކޮލެޖުން ތައުލީމު ހާސިލުކުރުމަށް ދާ ދަރިވަރުންނަށް ބޭނުންވާ އެންމެހާ ވަސީލަތްތައް ފުރިހަމަވެ، ތައުލީމީ ދާއިރާއަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;