އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) ގެ އިންޒާރުގައި ވަނީ މި ބިންހެލުމާ ގުޅިގެން، ބިންހެލުން އައި ތަނުން ފެށިގެން 1,000 ކިލޯމީޓަރު (621 މޭލު) ސަރަހައްދަކަށް "ނުރައްކާތެރި ސުނާމީ ރާޅުތަކެއް" އަރައިފާނެ ކަމަށެވެ.
ޔޫއެސްޖީއެސް އިން ބުނީ ފުރަތަމަ ބިންހެލުން ރެކޯޑް ކުރެވިފައިވަނީ 7.8 ގެ ބާރުމިނުގައި އެ ސަރަހައްދުގެ ގަޑިން ހެނދުނު 6:48 (ރާއްޖޭގަޑިން ފަތިހު 3:48) ގައެވެ.
ރާއްޖޭގެ މެޓް އޮފީހުން ބުނީ މި ބިންހެލުން އައިސްފައިވަނީ މާލެއާ 5،865 ކިލޯމީޓަރު ދުރަށް ކަމަށެވެ. އަދި މި ބިންހެލުމުގެ ސީދާ އަސަރެއް ރާއްޖެއަށް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ބުންޏެވެ.
އިންޑޮނޭޝިއާއަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދަކަށްވާއިރު، 2022 ވަނަ އަހަރު ހުޅަނގު ޖާވާގެ ސިއަންޖޫރް ސިޓީއަށް 5.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި 602 މީހުން ވަނީ މަރުވެފައެވެ. މިއީ 2018 ވަނަ އަހަރު ސުލާވޭސީއަށް އައި ބިންހެލުމާއި ސުނާމީގައި 4،300 އަށް ވުރެ ގިނަ މީހުން މަރުވި ފަހުން އިންޑޮނޭޝިއާގައި އެންމެ ބާރުގަދަ ބިންހެލުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;