ads
ހޯމް މިނިސްޓަރު އަލީ އިހްސާންއާއި ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީ
ކޮމިޝަނަރުކަމަށް ފަރުހާދު އައްޔަންކުރަން ޕޮލިސް ބޯޑުން ލަފާދީފި
ހުސްވެފައިވާ ޕޮލިސްް ކޮމިޝަނަރުގެ މަގާމަށް މިހާރު ފުލުހުންގެ އިދާރާ ހިންގެވުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީ އައްޔަންކުރަން ފެންނަކަމަށް ޕޮލިސް ބޯޑުން މިނިސްޓަރު އަލީ އިހްސާނަށް ލަފާދީފިއެވެ.
Advertisement

ސީޕީކަމަށް ކުރިމަތިލުމަށް ދެ ފަހަރެއްގެ މަތިން ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންނަކީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ފަރުހާދު ފިކުރީ އާއި، އޭސީޕީ އަބްދުﷲ ޝަރީފްގެ އިތުރުން އޭސީޕީ އަހުމަދު މުހައްމަދު (ޓޫފޯ) އެވެ. 

މި ތިން ބޭފުޅުންނާ ވެސް އިންޓަވިއު ކުރުމަށްފަހު ކޮމިޝަނަރުކަމަށް އެ ތިން ބޭފުޅުންވެސް ޝަރުތު ހަމަވާ ކަމަށް ޕޮލިސް ބޯޑުން ވަނީ ނިންމާފައެވެ. އެހެންނަމަވެސް އެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ބޯޑުން ހޯމް މިނިސްޓަރަށް ލަފާދީ ފޮނުވާފައިވާ ނަމަކީ ފަރުހާދުގެ ނަންކަން ވަނީ އެނގިފައެވެ. އަދި އެ ނިންްމުން މިއަދު މިނިސްޓަރާ ހިއްސާކޮށްފައިވާކަންވެސް ވަނީ އެނގިފައެވެ. 

މި ސަރުކާރުގައި ފުލުހުންގެ ކޮމިޝަނަރަކަށް ފުރަތަމަ ހުންނެވި އަލީ ޝުޖާއު މަގާމުން ރިޓަޔާކުރެއްވުމުންވެސް ފުލުހުންގެ ހިންގުން ވަގުތީ ގޮތުން ފަރުހާދާ ހަވާލުކުރިއެވެ. އެހެންނަމަވެސް އެ ނިންމުން ނިންމިތާ ގަޑިއިރެއް ނުވަނީސް މިނިސްޓަރު އިހްސާން ވަނީ އެ ނިންމުން ބަދަލުކުރައްވާ އެންމެ ފަހުން ރިޓަޔާކުރެއްވި އިސްމާއިލް ނަވީންއާ ހަވާލުކޮށްފައެވެ.

ވަގުތީގޮތުން ފުލުހުންގެ އިދާރާ ހިންްގުން ފަރުހާދު ފިކުރީއާ ހަވާލުކުރިއިރު އޭނާގެ ދަރިފުޅުގެ މައްޗަށް ތުހުމަތުކުރެވޭ ރޭޕްގެ މައްސަލައެއްގެ ހެކިތައް ނައްތާލާފައިވާ ކަމަށް، ފުލުހުންގެ އިސް އޮފިސަރުންތަކެއް ވަނީ ތުހުމަތުކޮށްފައެވެ.

އެހެންނަމަވެސް އެ މައްސަލަ ފަރުހާދުގެ މައްޗަށް ސާބިތުނުވާކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން ފަރުހާދުގެ މައްޗަށް އޮތް ތުހުމަތު މުއައްސަސާތަކުން ވަނީ ބަލާފައި ކަމަށާއި އެ އިން އެއްވެސް މުއައްސަސާއަކުން އޭނާއާ މެދު އެއްވެސް ފިޔަވަޅެއް އެޅިކަން އަންގާފައެއް ނުވާ ކަމަށްވެސް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;