ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރެވޭ ގޮތަށް އަލުން އުސޫލު ބަދަލުކޮށް ސްޓޫޑަންޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

Advertisement
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ލޯނުލިބުމަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
އްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ލޯނު ދިނުމުގެ އުސޫލު މިއަދު ވަނީ މިނިސްޓްްރީން ގެޒެޓްކޮށްފައެވެ. މި އުސޫލު ބުނާގޮތުން ލޯނުގެ ގޮތުގައި ދޫކުރެވޭ އެންމެ މަތީ އަދަދަކީ 3.2 މިލިއަން ރުފިޔާއެވެ. ލޯނުގެ ގޮތުގައި ޓޮޕްއަޕް ލޯނާ ނުލާ އެންމެ ގިނައިން ދޫކުރެވޭނީ 2.5 މިލިއަން ރުފިޔާކަމަށް އުސޫލުގައިވެއެވެ. އެ ލޯނު ދޫކުރާނީ ޝަރުތު ހަމަވާ އިތުރު ގެރެންޓާ އެއްވެސް ހުށަހެޅުމުންކަމަށްވެސް އުސޫލުގައިވެއެވެ.
ލޯނުދިނުމަށް ހުޅުވާލައިފައިވާ ތަފާތު ފުރުސަތުތައް:
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ފެންވަރު 5 ން ފެށިގެން ފެންވަރު 10 ގެ ނިޔަލަށް ހުރި ޕުރޮގުރާމުތައް.
- ޕްރޮފެޝަނަލް ލައިސަންސް ޕުރޮގުރާމުތައް.
- މެޑިކަލް ސްޕެޝަލައިޒޭޝަން ޕުރޮގުރާމުތައް.
- މެޑިކަލް ފެލޯޝިޕް ޕުރޮގުރާމުތައް.
- ކުރިން ލޯނު ދޫކޮށްފައިވާ ދަރިވަރަކު ފުރިހަމަކުރަމުން ދާ ޕުރޮގުރާމު ނިންމުމަށް ކަނޑައެޅިފައިވާ މުއްދަތުގައި، އެ ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ ހިނދެއްގައި، އެކަމަށް އިތުރު މާލީއެހީއެއް ދިނުމުގެ ގޮތުން ދޭ ޓޮޕްއަޕް ލޯނު ދިނުމަށް ހުޅުވާލައިފައިވާ ފުރުޞަތުތައް.
- ފުރިހަމަކުރި ނުވަތަ ފުރިހަމަކުރަމުންދާ ޕްރޮގްރާމެއްގެ ދާއިރާއިން ރާއްޖޭގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދުމަށް ކޮންމެހެން ހަދަންޖެހޭ އިންޓާރންޝިޕެއް އޮތްނަމަ، އެ އިންޓަރންޝިޕް ހެދުމަށް ލޯނު ހޯދަން އެދުމުގެ ފުރުޞަތުތައް.
ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅޭނެ ދާއިރާތައް https://kuri.gov.mv ޕޯޓަލުން ފެންނަން ހުންނާނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ލޯނަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާނީ މި މިނިސްޓްރީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މި އަހަރު ލޯނު ދިނުމުގައި ގެނެސްފައިވާ ބަދަލުތައް:
- އެޕްލިކޭޝަން ހުށަހެޅުމަށް ވަކި ސުންގަޑިއެއް ނުބާއްވައި ލޯނަށް އެދުމުގެ ފުރުސަތު މުޅި އަހަރަށް ވަނީ ހުޅުވާލާފައި
- މި އަހަރު ދޫކުރާނެ ލޯނުގެ އަދަދެއް ކަނޑައެއް ނާޅާ
- ސްލޮޓްކަނޑަ އަޅާފައިވާ ދާއިރާތަކުގައި ބާކީ ހުންނަ ސްލޮޓްގެ އަދަދު އޮންލައިން ޕޯޓަލުން ފެންނާނެ
- ލޯނު ލިބޭނެ ދަރިވަރުންގެ އަދަދު ވަކި ވަރެއްގައި ހިފެހެއްޓުމުގެ ބަދަލުގައި އެ ދާއިރާތަކުން ކިޔަވާނަމަ ލޯނު ލިބޭނެކަމުގެ ޔަގީންކަން ލިބޭނެ ގޮތަށް ހުޅުވާލުން
- ކުރިން އޮންނަ "އަލަށް ކިޔަވަން ފަށާ ދަރިވަރުން" ގެ ކެޓެގަރީ އާއި "އޮންގޮއިން" ކެޓަގަރީ މިއަހަރު ނޯންނާނެ
- އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށާއި މިހާރު ކިޔަވަން ފަށާފައިވާ ދަރިވަރުންވެސް ލޯނަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ އެއް ކެޓަގަރީއަކަށް
- ތަފާތުވާނީ އެޕްލިކޭޝަނާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް