ads
މާލޭގެ މަގުމަތި
ވޯޓްލާ ދުވަހު މާލެ ސަރަހައްދުގައި ބަރު އުޅަނދު ދުއްވުން މަނާކޮށްފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުން އޮންނަ ދުވަހު މާލޭ ސަރަހައްދުގައި ބަރު އުޅަނދުތައްް ދުއްވުން މަނާކޮށްފިއެވެ.
Advertisement

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ބުނީ އަންނަ ހޮނިހޮރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން، މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށާއި، ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން، ވަކި ވަގުތުތަކުގައި މާލޭގެ މަގުތަކުގައި ބައެއް ކެޓަގަރީގެ އުޅަނދުތައް ދުއްވުން މަނާކުރަން ނިންމާފައިވާކަމަށެވެ.

ދުއްވުން މަނާ އުޅަނދުތައް

  • ބަރު އުޅަނދުތަކުގެ ތެރެއިން C0, C2, D, E އަދި V ކެޓަގަރީގެ އެއްގަމު އުޅަނދު.

ޓްރާންސްޕޯޓް މިނިސްޓްރީ ން ބުނީ ވޯޓްލާ ދުވަހު ބަރު އުޅަނދުތައް ފުއްވުން މަނާވަނީ އެދުވަހުގެ ހެނދުނު 06:00 އިން ރޭގަނޑު 23:00 އަށްކަމަށެވެ. އެހެންނަމަވެސް އެ ވަގުތުތަކުގައިވެސް ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އުޅަނދުތައް ދުއްވުން މަނާ ނުވާނެކަމަށް ޓްރާންްސްޕޯޓް މިނިސްޓްރީން ބުނެއެވެ.

މި އެންގުމާ ހިލާފުވާ ފަރާތްތަކާމެދު، އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން ޤާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ޓްރާންސްްޕޯޓް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;