ads
އައްޑޫ އަތޮޅު ހުޅުމީދޫގައި ގާއިމުކުރި، މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ މިފްކޯ
ހުޅުމީދޫ މަސް ޕްރޮސެސިން ފެސިލިޓީ ހުޅުވައިފި
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގްސަދުގައި އައްޑުއަތޮޅު ހުޅުމީދޫގައި ގާއިމުކުރި "އައްޑޫ ފިޝް ޕްރޮސެސިން ފެސިލިޓީ" މިއަދު ހުޅުވައި ފިއެވެ.
Advertisement

މި ފެސިލިޓީ ހުޅުވައިދެއްވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ އާމިނަތު ހުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ އަދި އެމްޑީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުޙަތު ޝަހީރާއި މިފްކޯގެ އިސްވެރިންނާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނީ މިއީ ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަގުސަދުގައި، ގާއިމްކުރި ފެސިލިޓީއެއް ކަމަށެވެ. އެގޮތުން އައްޑޫގައި މަސް ޕްރޮސްކުރާ ފެސިލިޓީގެ ސަބަބުން އައްޑޫ ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް، އިތުބާރު ހިފޭ އުފެއްދުންތަކެއް ލިބި، މަސްވެރިކަމުން ނަފާ އިތުރުކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މިފްކޯގެ އުފެއްދުންތެރިކަން އިތުރު ކުރުމަށްޓަކައި އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯއިން ވަނީ، މަސް ގަތުމާއި، ރައްކާ ކުރުމުގެ ގާބިލުކަން އިތުރު ކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވެލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރު ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;