ads
އަމިން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްގެން ބީއެމްއެލުން އިމާރާތް ކުރާ އަގުހެޔޮ ފްލެޓު މަޝްރޫއު ރަސްމީކޮށް ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ބީއެމްއެލް އެފޯޑެބަލް ހޯމް ލީސިންއަށް އިތުރު ހައުސިން ޔުނިޓަށް ބިން ހަމަޖައްސަދީފި
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން އިތުރު 540 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާ އެކަމަށް ބޭނުންވާ ބިން ލިބިއްޖެ ކަމަށް ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް އިން ހުޅުމާލެ 1 ގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްގެން އިމާރާތްކުރާ 364 ފްލެޓުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޝަރީފް ވިދާޅުވީ އެ މަޝްރޫއުގެ ދަށުން އިތުރު 540 ފްލެޓް އަޅަން ބޭނުންވާ ބިން ހައުސިން މިނިސްޓްރީން މިހާރު ހަމަޖައްސައި ދީފައިވާ ކަމަށެވެ.

"މިރޭ އަޅުގަނޑު އަނެއްކާވެސް ދޭން ބޭނުންވަނީ އުފާވެރި ޚަބަރެއް. ބޯހިޔާވަހިކަމުގެ ހާލަތަށް ރިއާޔަތްކޮށް ހައުސިން މިނިސްޓްރީން ވަނީ މި ދެންނެވި އުސޫލުގެ ދަށުން ބީއެމްއެލް އެފޯޑެބަލް ހޯމް ލީސިންގަށް އިތުރު ހައުސިން ޔުނިޓަށް ބިން ހަމަޖައްސާފައި،" އޭނާ ވިދާޅުވި އެވެ.

އެއާ އެކު، ބީއެމްއެލްގެ ސަބްސިޑަރީ ކުންފުނި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން އިން މާލެ ސަރަހައްދުގައި ޖުމްލަ 3،800 ފްލެޓް އަޅާނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. 

މި މަޝްރޫއުގެ ދަށުން ތަރައްގީކުރަނީ 3 ކޮޓަރީގެ، ކޮލިޓި ރަނގަޅު އެޕާޓްމަންޓުތަކެކެވެ. ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައެވެ. އެގޮތުން ވިލިމާލޭގައި 300 ހައުސިން ޔުނިޓް އަދި ހުޅުމާލޭގެ ދެ ފިޔަވަހީގައި ޖުމުލަ 2700 ހައުސިން ޔުނިޓެވެ. މިހާތަނަށް ވަނީ ހުޅުމާލެ 3 ވަނަ ފިޔަވަހީގައި އިމާރާތް ކުރާ 1224 ހައުސިން ޔުނިޓްއާ ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓްގެ ބިންގާ އަޅާފައިވެ އެވެ.


މި ހުރިހާ ފްލެޓުތަކެއްގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދު ތެރޭގައި ނިމޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;