މިކަމަށްޓަކައި ލ.ފޮނަދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހިދުމަތް ފައްޓަވައިދެއްވީ، ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
އާންމު އުސޫލުގެ މަތިން، ކޮންމެ އަތޮޅެއްގައިވެސް އާރްޓީއެލްގެ ހިދުމަތް ފަށާއިރު، ފުރަތަމަ އެއް ހަފުތާގެ މުއްދަތަށް ރައްޔިތުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ އެވެ. މިއީ ރައްޔިތުން މި ނިޒާމަށް އަހުލުވެރިކުރުވުމަށް ދެވޭ ފުރުސަތެކެވެ. މި މުއްދަތަށްފަހު، ކަނޑައެޅިފައިވާ އުސޫލުން އެކި ރޫޓުތަކަށް ފީއެއް ނަގަން ފަށާނެ އެވެ.
މުޅި ރާއްޖެ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގެއްގައި ކަނޑުމަގުން ދަތުރުކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ގާއިމްކުރުމެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 14 އަތޮޅެއްގެ 133 ރަށެއްގައި ވަނީ އާރްޓީއެލް ފެރީގެ ހިދުމަތް ފަށާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;