ads
ރައީސް ނަޝީދާއި ރައީސް ޔާމީން
ޕީއެންއެފުން އެމްޑީޕީއަށް، އެމްޑީޕީން ޕީއެންއެފަށް ތާއީދުކުރަން ނަޝީދު އެދިވަޑައިގެންފި
އަންނަ ކައުންސިލް އިންތިހާބުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފުން އެމްޑީޕީއަށް، އެމްޑީޕީން ޕީއެންއެފަށް ތާއީދުކުރަން އެމްޑީޕީގެ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
Advertisement

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީން ވަކިވެޑައިގަތުމަށްފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން ކައުންސިލް އިންތިހާބަށް ނަޝީދުވެސް ގެންދަވަނީ އެމްޑީޕީއަށް ކެމްޕެއިން ކުރައްވަމުންނެވެ. ބައެއް ރަށްރަށް އެމަނިކުފާނު ގެންދަވަނީ ޒިޔާރަތްކުރައްވަމުންނެވެ.

އެގޮތުން މިއަދު ގދ. ހޯނޑެއްދޫއަށް ނަޝީދު ވަޑައިގެން އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް އަމިއްލަގޮތުން ވާދަކުރާ ޝަކީބާ އަބްދުالله އާ އެކު ވީޑިއޯ މެސެޖެއް ވަނީ ހިއްސާކުރައްވާފައެވެ. އަމިއްލަ ގޮތުން ޝަކީބާ އަބްދުالله އިންތިހާބުގައި ވާދަކުރަނީ ޕީއެންއެފްގެ ތާއީދާއެކުގައެވެ. 

ރައީސް ނަޝީދުގެ މެސެޖުގައި އެމަނިކުފާނުވަނީ ޕީއެންއެފްގެ ތާއީދާއެކު ނުކުތް ޝަކީބާ އަބްދުالله އަށްް އެމްޑީޕީގެ މެމްބަރުން ތާއިދުކޮށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ޕީއެންއެފްްގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި އެޕާޓިއަށް ތާއީދުކާ މީހުން އެމްޑީޕީއަށް ވޯޓް ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި ޕީއެންއެފްއަށް އެމްޑީޕީގެ މެމްބަރުން ވޯޓް ދެއްވުމަށްވެސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ. 

" އަޅުގަނޑަށް ޔަގީން ކަށަވަރު، އެމްޑީޕީ މެންބަރުންވެސް އަދި އެމްޑީޕީއަށް ތާއީދުކުރައްވާ މެމްބަރުންވެސް، އެމްޑީޕީގެ ވާދަކުރާ ގޮނޑިއެއް ނެތް ތަންތަނުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް އިރާދަކުރެއްވިއްޔާ ވޯޓުދޭނެ، މި އިންތިހާބު އިރާދަކުރެއްވިއްޔާ ކާމިޔާބުކުރާނީ އަޅުގަނޑުމެން އެންމެން ގުޅިގެން އެކުގައި،" ނަޝީދުގެ މެސެޖުގައި ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވިއިރު އެމްޑީޕީއަށް ތާއީދުކުރަން ގޮވާލާ މޭރުމުން ދާދި ފަހުން ރައީސް ޔާމީންވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެމްޑީޕީން ޕްރޮމޯޓްކުރާ "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު ޖެހިއްޖެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.  އަދި އަންނަ ކައުންސިލު އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކޮށް ވޯޓްދޭން ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;