ads
ސިވިލް ސާވިސް ކޮމިޝަން މެމްބަރުން
ވިހެއުމުން ޗުއްޓީ ނެގުމުން ޕްރޮމޯޝަން ނުލިބޭތީ ޕެޓިޝަނަކަށް ސޮއި ހޯދަން ފަށައިފި
ވިހެއުމުން ހަ މަހުގެ ޗުއްޓީ ނެގުމުން ޕްރޮމޯޝަން ނުލިބޭ އުސޫލު ބަދަލުކުރާ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
Advertisement

ސިވިލް ސާވިސް މުވައްޒަފަކު ބުނާ ގޮތުން ޕާފޯމަންސް އެޕްރައިޒަލް ހަދާއިރު، މަދުވެގެން 90 ދުވަހު މަސައްކަތަށް ހާޒިރުވާން ޖެހޭ ކަމަށެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި މެޓާނިޓީއާ ގުޅިގެން ނަގާ ޗުއްޓީތަކުގެ ސަބަބުން 90 ދުވަސް ގުނުން ހުއްޓޭ ތީވެ އެކަމުގެ ކަންބޮޑުވުން ސިވިލް ސާވިސް މުވައްޒަފުން އަންނަނީ ކުރަމުން ނެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް މަޖިލީހުގެ އީ ޕެޓިޝަން ޕޯޓަލަށް ޕެޓިޝަން ހުށަހަޅާފައިވަނީ މަރިޔަމް ޝިފާނާ ހުސެއިނެވެ.

ޕެޓިޝަންގައި ބުނީ އާ ޕޭ ފްރޭމްވޯކްގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުންގެ ފެންވަރު ބަލާއިރު މަސައްކަތް ކޮށްފައިވާ މުއްދަތު، 90 ދުވަހަށް ވުރެ ކުރު ނަމަ ޕާފޯމަންސް އެޕްރައިޒަލް ޕްރޮމޯޝަން ދިނުމަށް މާކްސް ނުގުނާ ގޮތަށް އޮންނާތީ، ވިހެއުމާ ގުޅިގެން ހަ މަސްދުވަހުގެ އެޕްރޫވްޑް ޗުއްޓީ ނަގާ މުވައްޒަފުންގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ.

އެހެންވެ، އޮންލައިންކޮށް ސޮއިކުރަމުން އަންނަ ޕެޓިޝަންގައި އޭނާ އެދިފައިވަނީ ސްޓެޕް ޕްރޮމޯޝަން ދިނުމުގައި ދިމާވާ ގޮންޖެހުން ހައްލު ކޮށްދިނުމަށެވެ.

އެ ޕެޓިޝަންނަށް މިހާތަނަށް ވަނީ 1180 ސޮއި ލިބިފަ އެވެ. އޭގައި ސޮއިކުރުމުގެ ފުރުސަތު މެއި މަހުގެ ހަތަރުވަނަ ދުވަހު ހަމަވާނެ އެވެ. ޕެޓިޝަންގައި ސޮއިކުރެވޭނީ އީ-ޕެޓިޝަން ޕޯޓަލްގައި އީ-ފާސް މެދުވެރިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;