ads
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާދޭ ތެރަޕީ ސެންޓަރެއް --
ތެރަޕީގެ ފަރުވާތަކަށް ތަމްރީންކުރުމުގެ ސްކޮލާޝިޕްތަކެއް
ތެރަޕިއުޓިކް އަދި ރިހެބިލިޓޭޝަން ފަރުވާއަށް މީހުން ތަމްރީންކުރަން 250 ސްކޮލާޝިޕަށް ހަޔާ އެޑިޔުކޭޝަން އިއްޔެ މިނިސްޓްރީން ހުޅުވާލައިފި އެވެ.
Advertisement

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހުޅުވާލި މި ފުރުސަތުގައި ސްކޮލާޝިޕް ފުރުސަތުގައި ހިމެނެނީ ރާއްޖޭގައި ބެޗެލާސް ޑިގްރީއަށް ކިޔެވުމަށް ދޭ 120 ފުރުސަތާއި މާސްޓާސް ޑިގްރީއަށް ދޭ 20 ފުރުސަތެވެ. އަދި ރާއްޖެއިން ބޭރުން ޑިގްރީއަށް ކިޔެވުމަށް ދޭ 30 ފުރުސަތާއި މާސްޓާސް ޑިގްރީއަށް ދޭ 80 ފުރުސަތެވެ.

މި ފުރުސަތުތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އޭޕްރިލް މަހުގެ 20ވަނަ ދުވަހުގެ 13:30އެވެ. ސްކޮލާޝިޕް ފުރުސަތުގެ ޝަތުރުތަކާއި އުސޫލު ވަނީ ގެޒެޓުކޮށްފަ އެވެ.

ސްކޮލާޝިޕް ފުރުސަތުތަކުގައި ހިމެނެނީ:

ރާއްޖޭގައި ބެޗެލާސް ޑިގްރީއަށް ކިޔެވުމަށް ދޭ 120 ފުރުސަތު

  1. ސައިކޮލޮޖީ: 30 ފުރުސަތު
  2. ކައުންސިލިން ބިހޭވިއާ ތެރަޕީ: 30 ފުރުސަތު
  3. އޮކިއުޕޭޝަނަލް ތެރަޕީ: 30 ފުރުސަތު
  4. ސްޕީޗް ތެރަޕީ:  30 ފުރުސަތު

ރާއްޖޭގައި މާސްޓާސް ޑިގްރީ ހެދުން

  1. ސައިކޮލޮޖީ: 20 ފުރުސަތު

ރާއްޖެއިން ބޭރުން ބެޗުލާސް ޑިގްރީއަށް ކިޔެވުން

  1. ސްޕީޗް ތެރަޕީ: 30 ފުރުސަތު

ރާއްޖެއިން ބޭރުގައި މާސްޓާސް ޑިގްރީއަށް ދޭ 80 ފުރުސަތު

  1. އޮކިޕޭޝަނަލް ތެރަޕީ: 30 ފުރުސަތު
  2. ސްޕީޗް ތެރަޕީ: 30 ފުރުސަތު
  3. ބިހޭވިއާ އެނަލިސިސް/ބިހޭވިއާ ތެރަޕީ: 20 ފުރުސަތު

އިތުރު މައުލޫމާތު މި މެއިލް [email protected] އާއި ހޮޓްލައިން 1474 އިން ހޯދޭނެ އެވެ.

މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 2،116 މީހުން ރަޖިސްޓްރީގައި ތިއްބެވެ. އެ އަދަދު ޖެނުއަރީ މަހު ވަނީ 2،173 އަށް އިތުރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;