ads
ޝުނާނާ
އިންތިހާބު އެއްކުރުން ހުއްޓުވަން އަނެއްކާވެސް ކޯޓަށް
ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓު ހުއްޓުވަން ހައިކޯޓަށް އަނެއްކާވެސް މައްސަލައެއް ހުށަހަޅައިފިއެވެ.
Advertisement

އަންނަ ހޮނިހިރު ދުވަހު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގަން ނިންމާފައިވާ ވޯޓު ހުއްޓުވައިދި ނުމަށް އެދި ހައިކޯޓަށް ދުސްތޫރީ މައްސަލައެއް މި ފަހަރު ހުށަހެޅީ މަޝްހޫރު ގާނޫނީ ވަކީލު މަރިޔަމް ޝުނާނާއެވެ. މި މައްސަލަ އަދި ކޯޓަށް ބަލައި ނުގަނެއެވެ.

މނި މައްސަލައިގައި ވަނީ ރިފަރެންޑަމްގައި ކުރާ ސުވާލުގައި ފުށުއެރުންތަކެއް ހުރުމާއި އެ އިންތިހާބުގެ ފުރިހަމަ މަގުސަދަކީ ކޮބައިކަން އިލެކްޝަން ކޮމިޝަނަށް ވެސް ބުނެ ދެވިފައި ނުވާ ކަމަށް ބަޔާންކޮށްފައެވެ. އޭގެ އިތުރުން ރިފަރެންޑަމް ބޭއްވުމުގައި ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއަތުތަކާއި ދައުވާ ލިބޭ ފަރާތްތަކުން ހިލާފުވެފައިވާ ކަމާއި އިންސާފުވެރި އިންތިހާބެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބެލުމެއް ނެތި، ރައީސް ކަނޑައަޅުއްވާފައިވާ ތާރީހަށް އިންތިހާބު ބާއްވަން އެ ކޮމިޝަން ނިންމާފައިވަނީ މުސްތައްގިލު މިނިވަންކަމެއް ނެތި ކަމަށް ވެސް އެ ދައުވާގައި ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;