ads
10ރ. އާ ނޫޓްގެ އާ ޗާޕެއް ދައުރު ކުރަން ފަށަނީ
10 ރުފިޔާގެ އައު ނޫޓުތަކެއް ބުދަ ދުވަހުން ފެށިގެން ދައުރުކުރަން ފަށަނީ
އަންނަ މަހުން ފެށިގެން 10ރ. އާ ނޫޓްގެ އާ ޗާޕެއް ދައުރު ކުރަން ނިންމައިފި އެވެ.
Advertisement

އެމްއެމްއޭއިން ބުނީ، މިއަދު ގެނައި އާ ނޫޓުތައް އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން މިހާރު ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނީ 10ރ. ގެ ނޫޓްގެ އާ ޗާޕެއް ގެނެސްފައިވާތީ އެ ނޫޓް އަންނަ މަހުގެ 1 އިން ފެށިގެން އިގުތިސާދުގެ ތެރޭގައި ދައުރު ކުރަން ފަށާނެ ކަމަށެވެ. މަރުކަޒީ ބޭންކުން ބުނީ 10ރ. ގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށްވާތީ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް 10ރ. ގެ ނޫޓު ބޭނުންކުރާ މިންވަރު ގިނަ ކަމަށެވެ. 

އޭގެ ސަބަބުން ނޫޓު ހަލާކުވާ މިންވަރު އިތުރު ކަމަށާއި، ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް އާންމުކޮށް އެ ނޫޓު ބޭނުންނުކުރާތީ، އެ ނޫޓަކީ ބޭންކުތަކުން ވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުލިބޭ ނޫޓެއް ކަމަށް ކަމަށެވެ.

"ރަންދިހަ ފަހެއް" ސީރީޒް ތައާރަފުކުރި ފަހުން މިއީ 10ރ. ގެ ނޫޓް ޗާޕްކުރި ތިންވަނަ ފަހަރެވެ. ފުރަތަމަ ޗާޕްކުރީ، 2015 ގަ އެވެ. އަދި ދެވަނަ ފަހަރަށް ޗާޕްކުރީ 2018 ގަ އެވެ.

ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕު ކޮށްގެން ނެރޭ 10 ރުފިޔާގެ ނޫޓާއެކު މިހާރު ބޭނުންކުރާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.

ޑިމާންޑް އިތުރުވުމާ ގުޅިގެންނާއި ބާނޫޓު ބަދަލު ކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ އާ ނޫޓު ބާޒާރުގެ ތެރޭގައި ދައުރު ކުރުމަށް ނެރެ އެވެ. މިއީ، އިގްތިޞާދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ނޫޓު ފޯރުކޮށްދިނުމަށާއި، ދައުރުވާ ނޫޓަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހުރި ނޫޓުތަކަށް ހެދުމަށް އަބަދުވެސް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް އެމްއެމްއޭއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;