ads
ކުނޫޒު ގޮއްވާލަން އުޅުނު މައްސަލަ ބާތިލެއް ނުކުރި
ކުނޫޒު ގޮއްވާލަން އުޅުނު މައްސަލަ ބާތިލެއް ނުކުރި
ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި ޖަލްސާއެއް ހިންގަމުން ދަނިކޮށް އެތަނުގައި އައިއީޑީއެއް ގޮއްވާލަން ރޭވި މައްސަލަ، ބާތިލުކޮށް ނުދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
Advertisement

މިއީ، ދިފާއީ ވަކީލުންގެ ފަރުވާ ކުޑަކަމުންނާއި އެކިގޮތްގޮތުން ޝަރިއަތް ލަސްވެފައިވާ މައްސަލައެކެވެ. މި މައްސަލައަކީ، ކުނޫޒު ގޮއްވާލަން އުޅުނު މައްސަލައިގައި ދައުލަތުން ދައުވާ ކުރާ، އިއުތިސާމް އަދި މުހައްމަދު ތަސްލީމުގެ ތެރެއިން އިއުތިސާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެވެ. މި ކޭސްގެ އަސްލު އަދިވެސް އޮތީ އަދި ކްރިމިނަލް ކޯޓުގަ އެވެ.

މި މައްސަލާގައި ދަޢުވާލިބޭ މީހުންގެ ފަރާތުން، މައިގަނޑު ގޮތެއްގައި މަތީ މަރުހަލާއަށް ހުށަހަޅާފައިވަނީ، މި މައްސަލަ ކޯޓަށް 2017 ވަނަ ހުށަހެޅި ފަހުން، އަދި 2022 ވަނަ އަހަރު ދަޢުވާއަށް ބަދަލު ގެނެވުނު ފަހުން، މައްސަލަ ލަސްވެފައިވަނީ ދައުލަތުގެ އިޙުމާލުންކަމަށާއި، އެކަމުގެ ސަބަބުން ބައެއް ހައްގުތައް ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ހުށަހެޅުންތަކެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރީ، ހައިކޯޓުގެ ނިންމުން ބާތިލު ކުރާނެ ތަނެއް ނެތް ކަމަށެވެ. މި ހުކުމް އިއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު، އަލީ ރަޝީދު އަދި އަބްދުﷲ ހަމީދު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;