ads
ވޯކިން ކެޕިޓަލް ފައިނޭންސިން ސްކީމެއް
ކުދި ވިޔަފާރިތަކަށް ބޭނުންވާ ކުރު މުއްދަތުގެ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެސްއެމްއީ ޑިޖިޓަލްއިން އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތް 'ވޯކިން ކެޕިޓަލް ފައިނޭންސިން' އިއްޔެ ތައާރަފްކޮށްފި އެވެ.
Advertisement

މިއީ އެސްއެމްއީ ޑިޖިޓަލް އިން ކުދި ވިޔަފާރިތަކަށް ބޭނުންވާ ކުރު މުއްދަތުގެ މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ހިންގުމުގެ ހަމަޖެހުން ދެމެހެއްޓުމަށް އަމާޒުކޮށް، އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ތައާރަފުކުރި ސްކީމެކެވެ.

އެ ސްކީމް ކުޅުދުއްފުށީގައި ލޯންޗްކޮށް ދެއްވީ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަނެވެ.

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވި ގޮތުގައި، ވިޔަފާރިތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޭނުންވަނީ އިންވެސްޓްމަންޓް ފައިނޭންސިން އެކަންޏެއް ނޫނެވެ. އެގޮތުން، އެސްއެމްއީ ޑިޖިޓަލްއަށް ހުށަހަޅާ ގިނަ ފަރާތްތަކަކީ ކުރު މުއްދަތުގެ ކޭޝްފްލޯގެ ދަތިތަކުން ސަލާމަތްވާން ބޭނުންވާ ފަރާތްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވޯކިން ކެޕިޓަލް ފައިނޭންސިން ތައާރަފުކުރުމުގެ މައިގަނޑު ބޭނުމަކީ ވިޔަފާރިތައް ހިންގުމަށް ދުވަހުން ދުވަހަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހަކަމާ އެކު އަވަސް ފުރުސަތެއްގައި ފޯރުކޮށްދިނުން. މިއަދު ތައާރަފުކުރި މި ލުއި ފައިނޭންސިންގެ ސަބަބުން ވިޔަފާރިތަކަށް އެމީހުންގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

އަލަށް ތައާރަފުކުރި ވޯކިން ކެޕިޓަލް ފައިނޭންސިން ސްކީމަކީ ކުދި ވިޔަފާރިތަކުގެ ކޭޝް ފްލޯ މެނޭޖް ކުރުމަށާއި، މުދާ ގަތުމަށާއި، ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ހަމަޖެއްސުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ހިދުމަތެެއް ކަމަށް އެސްއެމްއީ ޑިޖިޓަލް އިން ބުންޏެވެ.

މި ސްކީމްގެ ދަށުން 2,000,000 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރާއިރު، ރަހުނަކާ ނުލައި 1,000,000 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ލިބޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;