20 ވަނަ މަޖިލީހުގެ ފަސް އަހަރުގެ ދައުރު މެއި 2029ގައި ހަމަ ވުމުގެ ބަދަލުގައި އޭގެ 6 މަސް ކުރިން 1 ޑިސެމްބަރު 2028 ހަމަވާ ގޮތަށް ދައުރު ކުޑަކޮށް، މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް މަޖިލީހަށް ހުށަހެޅީ ސަރުކާރުންނެވެ.
ސަރުކާރުން ހުށަހެޅި ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްކޮށް، މިދިޔަ މަހުގެ 11ގައި ވަނީ ބިލު ތަސްދީގުކުރަން ފޮނުވައިފަ އެވެ.
މަޖިލީހުގެ އުމުރަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އަގުލަބިއްޔަތު ލިބިގެން ކަމަށް ގާނޫނުއަސާސީގައި އޮންނާތީ، އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހުރި ގޮތެއް ބެލުމަށް އަންނަ ހޮނިހިރު ދުވަހު ވޯޓެއް ނަގަން ވަނީ ނިންމާފަ އެވެ.
އިދިކޮޅު އެމްޑީޕީއިން ދަނީ ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭބުނެ ޖަލްސާތަކާއި ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއްކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ "ފްރީ އެން ފެއާ" އިންތިހާބަކާ އެންމެ ގާތް ކުރާނެ ގޮތެއް ކަމަށް ފެންނަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވިގެން ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި، އެ ހޮވޭ ސަރުކާރެއް ނޭނގޭ ހާލު ހަމަ އެ ދުވަހު މަޖިލީހަށް ވެސް މެމްބަރުން ހޮވުމުންނެވެ.
މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ. އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ.
އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:
މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދި މި ދެންނެވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝާމިލުވުން އޮވެގެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަރުހަލާ ވެސް އަލުން ތަރުތީބު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން ވަނީ ގޮވާލާފަ އެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ" ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅާލުމަށް ހުށައަޅާ ކަރުދާހަށް ތިޔަ އެންމެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލަމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;