އެ ހޮސްޕިޓަލްގެ ސީއީއޯއަކަށް، އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ޔާސިރު ހަމަޖެއްސީ 2024 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެވެ. ނަމަވެސް، އެ މަގާމުން ޔާސިރުވަކިކުރި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ޔާސިރުގެ ކުރިން އެ މަގާމު ފުރުއްވީ ރާއްޖޭގެ މަޝްހޫރު ސާޖަން ޑރ. މުހައްމަދު ސޯލިހެވެ.
ޔާސިރު ވަކިކޮށް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ސީއީއޯކަމަށް އަދީލް އައްޔަންކުރިކަން އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފަ އެވެ. އަދި ތަނުގެ މުވައްޒަފުންނަށް ވަނީ މިކަން އަންގައިފަ އެވެ. ނަމަވެސް ޔާސިރު ވަކިކޮށް، ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އަދީލް އައްޔަންކުރި ތާރީހުގެ ތަފުސީލެއް އަދި ނުލިބެ އެވެ.
ޕީއެންސީގެ ޕްރައިމަރީގައި އައްޑޫގެ މޭޔަރުކަމަށް ކުރިމަތިލައްވާނެ ކަމަށް މި ފަހުން އަދީލް އިއުލާން ކުރެއްވި އެވެ. ނަމަވެސް، ފަހު ވަގުތު އޭނާގެ ނަން ވަނީ ނަގާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;