މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލުތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ބަދަލުތަކުގެ ތެރޭގައި ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލުކުރުން ނުހިމެނޭ ކަމަށެވެ.
މިހާރު އޮންނަ ގޮތުން ރައީސްކަމުގެ މަގާމަށް ކުރިމަތިލެވޭނެ އެންމެ ދޮށީ އުމުރެއް ބަޔާންކޮށްފައެއް ނުވެ އެވެ. އުމުރުން 35 އަހަރުން މަތީގެ މީހުންނަށް މިހާރު ގާނޫނު ހުއްދަ އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަައި ރައްޔިތުންނަށް ގިނަ ބާރުތަކެއް ލިބޭނެ ގޮތަށް ދުސްތޫރީ އަދި ގާނޫނީ ނިޒާމު އިސްލާހުކުރެއްވުމުގެ މަސައްކަތް ރައީސްވަނީ ފައްޓަވާފަ އެވެ. އެކަަމަަށްޓަކައި ވަށާޖެހޭ އިސްލާހީ އެޖެންޑާއެއް އެމަނިކުފާނުވަނީ އިއުލާނުކުރައްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;