ads
ހުޅުމާލެ ފޭސް ތިނަކުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް ގޯތިތައް ހަވާލުކުރަން ފެށުން
ބިންވެރިޔާ ގޯތި ދޫކޮށްލައި ފްލެޓަށް ކުރިމަތިލާން ހުޅުވާލަނީ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުން ލިބިފައިވާ ގޯތި ދޫކޮށްލައި ފްލެޓަށް ކުރިމަތިލާން ހުޅުވައިލަން ނިންމައިފި އެވެ.
Advertisement

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ބިންވެރިޔާ ސްކީމުން ލިބުނު ގޯތި ދޫކޮށްލުމަށް ފަހު ސަރުކާރުން މިހާރު އަޅަން މަސައްކަތްކުރާ ފްލެޓުތަކަށް ކުރިމަތިލެވިދާނެތޯ ވަރަށް ގިނަ ރައްޔިތުން އެދެމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ ގޯއްޗަކީ އަމިއްލައަށް އިމާރާތްކުރަން ޖެހޭ ތަނަކަށްވާއިރު، ފްލެޓަކީ އަޅާ ނިމުމުން ވަރަށް ފަސޭހައިން ލިބޭނެ ނުވަތަ ދިރިއުޅެން ފެށޭނެ ތަނެއް ކަމަށެވެ.

"މާލެ ސަރަހައްދުން ހައުސިން ސްކީމަކުން ލިބިފައި އޮތް ގޯތި ދޫކޮށްލުމަށްފަހު ފްލެޓް ހޯދުމަށް ފުރުސަތު ދޭން. އެ ފްލެޓަކީ ވަރަށް ފަސޭހައިން ލިބޭނެ ތަނެއް އަޅައި ނިމުނީމަ. ގޯތި އަމިއްލައަށް އިމާރާތްކުރަން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.


ގުޅީފަޅާއި ގިރާވަރުފަޅުގައި އިންފްރާސްޓްރަކްޗާ ގާއިމުކުރަން އަދިވެސް ދުވަސް ނަގާނެތީ ރައްޔިތުން ކަންބޮޑުވާ ކަމަށްވެސް ރައީސް ފާހަގަކުރެއްވި އެވެ.

އެހެންވެ، ގޯތި ދޫކޮށް ފްލެޓަށް ކުރިމަތިލުމަށް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ 2 އަކާއި 3 އަކުން ގޯތި ދޫކޮށްފައިވެ އެވެ. 

އޭގެ ތެރެއިން ހުޅުމާލޭގެ 3 ވަނަ ފިޔަވަހިން ވަނީ 698 ގޯތި ދޫކޮށްފަ އެވެ. 

ގޯތީގެ އަދަދުތައް: 

  • 3250 އަކަފޫޓުގެ 41 ގޯތި
  • 3650 އަކަފޫޓުގެ 16 ގޯތި 
  • 4000 އަކަފޫޓުގެ 24 ގޯތި
  • 1650 އަކަފޫޓުގެ 181 ގޯތި 
  • 2050 އަކަފޫޓުގެ 242 ގޯތި 
  • 2450 އަކަފޫޓުގެ 132 ގޯތި 
  • 2850 އަކަފޫޓުގެ 62 ގޯތި

ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މިދިޔަ އަަހަރު މާލެއާއި އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން 27،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ފަށާނެކަން އިއުލާނުކުރައްވާފަ އެވެ. އެގޮތުން، މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓު އެޅުމަށާއި ރަށްތަކުގައި 12،940 ހައުސިން ޔުނިޓު އަޅަން ރައީސް ވަނީ ނިންމަވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;