ads
އެމްބިއުލާންސް ދަތުރުތަކަށް އާސަންދަ ކަވަރޭޖް ފުޅާކުރަނީ
އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށަނީ
އެޕްރީލް 1 އިން ފެށިގެން އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދޭނެ ގޮތްތަކެއް ކަނޑައަޅައިފި އެވެ.
Advertisement

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެމްބިއުލާންސް ހިދުމަތް ފޯރުކޮށްދިނުމުގައި މުހިއްމު ކަންތައްތަކެއް ނިންމަވާފައިވާ ކަމަށާއި އެ ބަދަލުތަކަށް އަންނަ މަހުގެ 1 އިން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށެވެ. 

އާސަންދަ ސްކީމްގެ ތެރެއިން އެމްބިއުލާންސްގެ ހިދުމަތްދޭނެ އިތުރު ކަންތައްތައް

  • އެނދުމަތި ކުރެވިފައިވާ ބަލި މީހުން އައުޓް ޕޭޝަންޓް ހިދުމަތްތައް ނެގުމަށް ގެނެވޭ ހާލަތްތައް
  • ވީލް ޗެއާގައި ގެންގުޅޭ މީހުން އައުޓް ޕޭޝަންޓް ހިދުމަތްތައް ނެގުމަށް ގެނެވޭ ހާލަތްތައް.
  • ނުކުޅެދުންތެރިކަން (ފިޒިކަލް ޑިސެބިލިޓީ/މެންޓަލް ޑިސެބިލިޓީ/ އޯޓިޒަމް/ ޑައުން ސިންޑްރޯމް) އައުޓް ޕޭޝަންޓް ހިދުމަތް ހޯދަން ދިއުމަށް.
  • ސިއްހީ މަރުކަޒުގައި އެނދުމަތި ކުރެވިފައިވާ މީހަކު އިތުރު ފަރުވާއަށް ނުވަތަ ތަހުލީލަަކަށް އެހެން މަރުކަޒަކަށް ގެންދަންޖެހޭ ހާލަތްތަކުގައި.
  • ރާއްޖެއިން ބޭރަށް އިތުރު ފަރުވާއަށް ރިފާކުރެވޭ ހާލަތުގައި ޖެޓީއަށް ނުވަތަ އެއާޕޯޓަށް ގެންދިއުމަށް.
  • ތެލެސީމިއާ މީހުން އައުޓް ޕޭޝަންޓް ހިދުމަތްތައް ނެގުމަށް ގެނެވޭ ހާލަތްތައް.

ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ހަމަޖެއްސުމަކީ ގިނަ ރައްޔިތުންގެ އެދުމެއް ކަމަށާއި މި ބަދަލު ގެނައީ ގިިނަ ދުވަސްތަކެއް ވަންދެން ޓެކްނިކަލް މަޝްވަރާތައް ކުރުމަށް ފަހު ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;