މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކުރިމަތިވެދާނެ ދަތިތައް ހައްލުކުރުމަށް ރައީސް މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފަ އެވެ.
އެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އިންޑިއާ އާއި ޗައިނާ އާއި މެލޭޝިއާ އާއި ވިއެޓްނާމާއި އިންޑޮނީޝިއާ އަދި ތައިލެންޑުން އާންމުކޮށް މިހާރު ގެންނަ މުދަލުގެ އިތުރުން، އެހެން ބާވަތްތައް ވެސް ފަސޭހައިން ގެނައުމަށް އެ ގައުމުތަކާ ސީދާ މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އިންޑޮނީޝިއާ ފަދަ ގައުމުތަކަކީ މިހާރު ވެސް ފަރުނީޗަރު ފަދަ ތަކެތި ރާއްޖެއަށް ގެންނަ ގައުމުތައް ނަމަވެސް، އެ ގައުމުތަކުން އަސާސީ މުދާ ވެސް ފަސޭހަކަމާ އެކު ގެނައުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ، އިމާރާތް ކުރުމުގެ ސިނާއަތައް ދިމާވެފައިވާ ދަތިތައްވެސް ވަރަށް ގާތުން ބަލަމުންދާ ކަމަށާއި މި ސިނާޢަތައް ދިމާވެފައިވާ ގޮންޖެހުންތައް އޮޅުންފިލުވާފައިވާ ކަމަށެވެ.
އަދި އެސްޓީއޯ މެދުވެރިކޮށް ކަނޑުމަގުން ދަތުރު ކުރާ ބޯޓުތައް އޮޕަރޭޓް ކުރާ ފަރާތްތަކާއިއެކުވެސް މަޝްވަރާ ކުރަމުންދާ ކަމަށާއި، ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަކީ އަސާސީ މުދަލުގެ ކަށަވަރުކަން ގާއިމްކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;