ads
މާވިން އަދި ލަމްހާ
މޭރީގެ މަރުގެ މައްސަލައިގެ ހުކުމް އަންނަ މަހު
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން އެސްވައި އާއި އޭނާގެ ލޯބިވެރިޔާ، ދިވެހި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް ކުރާ ދައުވާތަކުގެ ހުކުމް އަންނަ މަހު އިއްވަން ހަމަޖައްސައިފި އެވެ.
Advertisement

މޭރީގެ މަރާ ގުޅިގެން މަރުގެ ދައުވާ އޭނާގެ ފިރިމީހާ، މާވިންގެ މައްޗަށް ކުރާއިރު، މާވިންގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ކުރަނީ އެކަމަށް އެހީތެރިވުމުގެ ދައުވާއެވެ. 

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުގައި ޝަރީއަތް ފެށުމަށްފަހު އެ މައްސަލާގެ އަޑުއެހުންތައް މިހާރުވަނީ ނިމިފައެވެ. މައްސަލައިގެ ހުކުމް އަންނަ މަހުގެ މެދުތެރޭ ކުރާނެ ކަމަށްވަނީ ބެލެވިފައެވެ.

އެ މައްސަލާގައި ޝަރީއަތް ނިމެންދެން މާވިން އާއި ލަމްހާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާއިރު، ބަންދުގައި ހުރެ މާވިންވަނީ އިސްލާމް ވެފައެވެ. އަދި އޭނާގެ ނަންވަނީ ޔޫސުފަށް ބަދަލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;