ads
އޮސްޓްރިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ފާހަގަކުރުން
އޮސްޓްރިއާ އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ފާހަގަކޮށްފި
އޮސްޓްރިއާގެ ގައުމީ އެއާލައިން، އޮސްޓްރިއަން އެއާލައިންސްއިން ދިވެހިރާއްޖެއަށް ދަތުރުތައް ފެށިތާ 30 އަހަރު ފުރުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ވީއައިއޭއިން ކުލަގަދަކޮށް ފާހަގަކޮށްފި އެވެ.
Advertisement

މިކަން ފާހަގަކުރުމުގެ ގޮތުން އޮސްޓްރިއާ އެއާލައިންސްއިން ފުރި 324 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފަ އެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންސްގެ ފްލައިޓުން ރާއްޖެ އައި 328 ފަސިންޖަރުންނަށް ވަނީ، ބޮޑުބެރާ އެކީ ހޫނު މަރުޙަބާއެއް ކިޔައިފަ އެވެ.

މިއީ އޮސްޓްރިއާ އެއާލައިންސްއާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ދެމެދު އޮތް ގާތް ގުޅުން ރަމްޒު ކޮށްދިނުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތެއް ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

އޮސްޓްރިއާ އިން ރާއްޖެއަށް ފާއިތުވި 30 އަހަރުގައި ދަތުރުތައް ކުރަމުންދާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެއާއި އޮސްޓްރިއާއާއި ދެމެދު އޮންނަ ގުޅުން އިތުރަށް ވަނީ ހަރުދަނާވެފަ އެވެ.

މިއަހަރުގެ ފުރަތަމަ ދެ މަސް ދުވަހު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރޭގައި އޮސްޓްރިއާ ހިމެނެނީ، 12 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމުގެ ގޮތުގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;