ads
އެޗްޑީސީން މިއަދު އަލް އަސްރު ޖަމިއްޔާއާ ގުޅިގެން ފެށި ގުރުއާން ކްލާހެއްގައި ދަރިވަރުންނަށް ޓީޗަރަކު ކިޔަވައިދެއްވަނީ - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގައި ހިލޭ ކުރިއަށްގެންދާ ގުރުއާން ކުލާސްތައް ފަށައިފި
ކުޑަކުދިން ގުރުއާނަށް ހިތްޖައްސައި އަހުލުވެރިކުރުވުމަށް، އެޗްޑީސީ އާއި އަލް އަސްރު ޖަމިއްޔާ ގުޅިގެން ހުޅުމާލޭގައި ކުރިއަށް ގެންދަން ނިންމި ގުރުއާން ކްލާސްތަކުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
Advertisement

އެޗްޑީސީން ބުނި ގޮތުގައި މިއީ ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދޭ ހިލޭ ކްލާސްތައް އިތުރުކޮށް ފުޅާ ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. 

އެގޮތުން، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި މިފަދަ ގިނަ ޕްރޮގުރާމުތައް ހިންގުމަކީ އެޗްޑީސީގެ އަމާޒު ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

ހިލޭ، ގުރުއާން ހިތުދަސްކޮށްދިނުމަށް އަލް އަސްރު ޖަމިއްޔާއާ އެކު އެޗްޑީސީން އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

އެޗްޑީސީން މިއަދު ބުނީ އެ ކްލާސްތަކުގައި ބައިވެރިވުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވައިލުމުން އުމުރުން ހަތް އަހަރާއި 10 އަހަރާ ދެމެދުގެ 103 ކުދިން ބައިވެރިވެފައިވާ ކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;