ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އާންމުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓު އޮންނާނީ ކައުންސިލް އިންތިހާބު އޮންނަ ދުވަސް ކަމަށްވާ، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ތައްޔާރުވެފައިވަނިކޮށް ބާ ކައުންސިލުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ޝަހީން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ރާއްޖޭން ބޭރުގައި ހުންނަވައިގެން އޮންލައިންކޮށް މި ފޯރަމްގައި ބައިވެރިވެވަޑައިގަތް ޝަމްސުލް ފަލާހު ވިދާޅުވީ ގައުމެއްގެ ނިސްބަތުން އަދި ގައުމެއްގެ ދުސްތޫރީ އޮނިގަނޑެއްގެ ނިސްބަތުން ވެސް ރައްޔިތުންގެ މަޖިލީހުގެ ދައުރަކީ ވަރަށް މުހިންމު އެއްޗެއް ކަމަށެވެ.
މަޖިލީހާއި ސަރުކާރު ހިންގާ ފަރާތަކީ ވަކި ދެ ބާރު ކަމަށް ވާއިރު، އެ ދެ ފަރާތުގެ އިންތިހާބާ ގުޅިގެން ގާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެނެވޭ ކަމަށްވާ ނަމަ އެވާނީ ވަރަށް ބޮޑު މުހިންމު ބަދަލަކަށް ކަމަށް ވެސް ވިދާޅުވި އެވެ.
އިންތިހާބުތައް މިގޮތަށް ބާއްވާނަމަ، އާ ރައީސަކު ހުވާކުރާ ތާރީހުން ފެށިގެން އެންމެ ދެ ހަފުތާގެ ތެރޭގައި ދައުލަތުގެ ބަޖެޓު ފާސްކުރުން ފަދަ މުހިންމު ކަންކަން ނިންމަން ޖެހޭނެކަން ފާހަގަކުރައްވަމުން ޑރ. ފަލާހު ވިދާޅުވީ، މީގެ ސަބަބުން ދައުލަތުގެ މުހިންމު ނިންމުންތައް ނިންމުމުގައި އަވަސްއަރުވާލަން ޖެހިދާނެ ކަމަށެވެ.
ޝަމްސުލްފަލާހު އިތުރަށް ވިދާޅުވީ ދެ އިންތިޚާބު އެއްކުރުމުން ބާރުތައް ވަކިކުރުމުގެ ނިޒާމަށް ލޮޅުން އަރާނެ ކަމަށެވެ.
އިދިކޮޅު އެމްޑީޕީއިން ދަނީ އެ އިންތިހާބަށް ނޫނެކޭބުނެ ޖަލްސާތަކާއި ކެމްޕއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއްކަމަށެވެ.
މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ. އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ.
އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:
މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދި މި ދެންނެވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝާމިލުވުން އޮވެގެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަރުހަލާ ވެސް އަލުން ތަރުތީބު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން ވަނީ ގޮވާލާފަ އެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ" ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅާލުމަށް ހުށައަޅާ ކަރުދާހަށް ތިޔަ އެންމެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލަމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;