ads
ބީއެމްއެލްގެ ސްޓާފް އެވޯޑް ހަފްލާގެ ތެރެއިން. - ފޮޓޯ/ބީއެމްއެލް
ބީއެމްއެލްގެ މުވައްޒަފުންގެ އަގުވަޒަންކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޭ ބޭއްވި އަހަރީ ސްޓާފް އެވޯޑް ހަފްލާގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
Advertisement

ރޭ ބޭއްވި ހަފުލާގައި ބީއެމްއެލުން ވަނީ، އެކި ކެޓަގަރީތަކުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެވޯޑު އަރުވައިފައެވެ. އެގޮތުން ބޭންކުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރި މުވައްޒަފުންނަށް 38 އެވޯޑު އަރުވާފައިވާ ކަމަށް، ބީއެމްއެލުން މައުލޫމާތުދެ އެވެ.

މި ހަފްލާގައި، އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ 'އެމްޕްލޯއީ އޮފް ދަ އިޔާ' އެވޯޑް މި އަހަރު ހާސިލްކުރީ:

  • ހެޑް އޮފް ބިޒްނަސް ސިސްޓަމްސް (ޓެކްނޮލޮޖީ ޑިވިޝަން) މިސްބާހް އްބްދުއްރަޝީދު

  • މިއީ މިދިޔަ އަހަރު މިސްބާހް ދެއްކި ފުރިހަމަ ހުނަރާއި ބޭންކަށް ކޮށްދިން އަގުހުރި ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިން އެވޯޑެއް

މީގެ އިތުރުން "ލީޑަޝިޕް އެކްސެލެންސް އެވޯޑް" ހާސިލްކުރީ ހެޑް އޮފް ޕްރޮޕަޓީ (ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޝަން) ޔުޒްނާ ނަސީމް އެވެ.

މި އެވޯޑުތަކުގެ އިތުރުން، އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓް، ޕްރޮޖެކްޓް އެކްސެލެންސް އަދި އިނޮވޭޝަން ކެޓަގަރީތަކުން ވަކިވަކި މުވައްޒަފުންނަށާއި ޓީމުތަކަށް އެވޯޑު ދީފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ.

އެއަށްފަހު، ބީއެމްއެލްގެ ކުރިއެރުމާއި ދިގު މުއްދަތުގެ ކާމިޔާބީތަކުގައި މުހިއްމު ހިއްސާއެއް އަދާކުރި ފަސް މުވައްޒަފަކަށް "ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިންގ އެޗީވްމަންޓް" އެވޯޑު ދީފައި ވެއެވެ. އެ އެވޯޑް ހާސިލްކުރި މުވައްޒަފުންނަކީ:

  1. މޫސާ މުންސިފް އަޙްމަދު، ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް
  2. ހުޝާމް ސައީދު، ޑީރެކްޓަރު، ޓެކްނޮލޮޖީ
  3. ރަޝްފާ ޖައުފަރު، ޗީފް ކްރެޑިޓް އޮފިސަރު
  4. ހަސަން ޝާމް، ޗީފް ޕްރޮޕަޓީސް އެންޑް އެޑްމިނިސްޓްރޭޝަން އޮފިސަރު
  5. އަދުލީ އަހުމަދު ދީދީ، ޗީފް އިންފޮމޭޝަން އޮފިސަރު

މި ހަފުލާގައި މުވައްޒަފުންނާ މުހާތަބުކުރައްވައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، މިދިޔަ އަހަރަކީ ބީއެމްއެލްގެ 43 އަހަރުވީ ތާރީޚުގައި އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ އިސް މާލީ އިދާރާގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ބަޔަކަށް ވަޒީފާ ފޯރުކޮށްދޭ އެއް ތަނެވެ. ބޭންކުގެ %99 އިއްސައްތައަކީ ދިވެހިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;