ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އާންމުންގެ މެދުގައި ނަގާ ހިޔާލު ހޯދުމުގެ ވޯޓު އޮންނާނީ ކައުންސިލް އިންތިހާބު އޮންނަ ދުވަސް ކަމަށްވާ، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ.
ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓު ނަގަން ތައްޔާރުވެފައިވަނިކޮށް ބާ ކައުންސިލުން މިއަދު ބޭއްވި ޕެނަލް ޑިސްކަޝަންގައި ޝަހީން ވަނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ތާއިދު ކުރައްވައިފަ އެވެ.
ޝާހީން ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން އިންތިހާބީ އެއްވެސް ހައްގެއް އުނި ނުވާ ކަމަށެވެ. ގާނޫނުއަސާސީއަށް ގެންނަ ބަދަލަކީ ދެ އިންތިހާބު އެއްކޮށްލުން ނޫން ކަމާއި ނަމަވެސް، އެއް ދުވަހެއްގައި ދެ އިންތިހާބު ވެސް ކުރިއަށް ގެންދިޔުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
އިދިކޮޅު އެމްޑީޕީއިން ދަނީ އެ އިންތިހާބަށް ނޫނެކޭބުނެ ޖަލްސާތަކާއި ކެމްޕއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއްކަމަށެވެ.
މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ. އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ.
އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:
މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
އަދި މި ދެންނެވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝާމިލުވުން އޮވެގެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަރުހަލާ ވެސް އަލުން ތަރުތީބު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން ވަނީ ގޮވާލާފަ އެވެ.
އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ.
"މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ" ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅާލުމަށް ހުށައަޅާ ކަރުދާހަށް ތިޔަ އެންމެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލަމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;