ads
އަލައިކާގެ "ބަދަހި އާއިލާ" ތަސައްވުރު ފަސްޓް ލޭޑީ ސާޖިދާ ރޭ އިފުތިތާހު ކޮށްދެއްވަނީ - ފޮޓޯ: ޕީއެންސީ
ނަތީޖާ ނެރެވޭނެ އަޒުމާއި ހިތްވަރު އެބަހުރި: އަލައިކާ
ނަތީޖާ ނެރެދެވޭނެ އަޒުމާއި ހިތްވަރު އެބަހުރި ކަމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާއަކަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އަލައިކާ އަދުނާން ވިދާޅުވެއްޖެ އެވެ.
Advertisement

އަލައިކާ މިހެން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި އާޝިޔަތު އަލައިކާ އަދުދާންގެ ކެމްޕެއިންގެ މައިގަނޑު ޝިއާރަކަށް "ބަދަހި އާއިލާއެއް ބިނާކުރުން" ރޭ އިފުތިތާހުކުރުމަށް ބޭއްވި ހަފްލާގައި އެވެ. ހުޅުމާލޭގައި ބޭއްވި ހަފުލާއެއްގައި އެ ޝިއާރު އިފުތިތާހު ކޮށްދެއްވީ ފަސްޓް ލޭޑީ ސާޖިދާ މުހައްމަދެވެ. 

"ބަދަހި އާއިލާ" ގެ ސިޔާސަތުތައް ކާމިޔާބު ކުރުމަށް ދިރިއުޅޭނެ ޖާގަތައް ތަނަވަސްކޮށްދިނުމަކީ އަލައިކާގެ އެއް ވައުދެވެ. އަލައިކާ ވިދާޅުވި ގޮތުގައި މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތުން ތަހަންމަލު ކުރަނީ ހަމައެކަނި ތޮއްޖެހުމެއް ނޫނެވެ. މިއީ އިންސާނީ ކަރާމަތަށް ނުފެތޭ ކުދިކުދި ގޮޅިތަކެއްގައި ބަންދުވެފައި ތިބެން ޖެހޭ ޖެހުމެއް ކަމަށް އަލައިކާ ވިދާޅުވިއެވެ. މިކަމަށް ހައްލެއް ގެނައުމަށް މާލޭގެ ހުރިހާ ހިސާބެއްގައި އާއިލީ މައިޒާންތަކެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 


ކެމްޕެއިންގެ މައިގަނޑު ޝިއާރެއްގެ ގޮތުގައި "ބަދަހި އާއިލާ" ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން އަލައިކާ ވިދާޅުވީ، ގައުމެއް ބިނާ ކުރުމާއި ތަރައްގީ ކުރުމަށް އެންމެ މުހިންމު އެއް ކަމަކީ ގައުމެއްގެ ސިޓީތަކާއި އާއިލާތައް ތަރައްގީވުން ކަމަށެވެ.

"އާއިލާތައް ތަރައްގީ ވާނީ އާއިލާތަކުގެ ގުޅުން ބަދަހިވެގެން. އާއިލާއެއްގެ ގުޅުން ބަދަހި ކުރުމަށް އެންމެ އިސް ދައުރެއް ބައްޕައެކޭ އެއްފަދައިން ނަގަނީ އަޅުގަނޑުމެން އަންހެނުން، މަންމައިން، އަނބިމީހާ އަދި ގޭގައި އުޅޭ އެހެނިހެން އަންހެނުން،" އަލައިކާ ވިދާޅުވި އެވެ.

އޭނާގެ ތަސައްވުރުގެ ދެން އެންމެ މުހިންމު ކަމަކީ ފުދުންތެރިކަން އިތުރު ކުރެވޭނެ ކަންކަން ކުރުމެވެ.

އަންހެނުންގެ ކޯޕަރޭޓިވްތަކެެއް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވައުދެއް ކަމަށް ވާއިރު ދިވެހިން އާޓިސްޓުންގެ އުފެއްދުންތައް މާކެޓު ކުރުމާއި އުކާލާ ތަކެތިން ތަކެތި އުފައްދައި މާކެޓު ކުރުމަށް މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީން އިސްކަންދޭނެ ކަަމަށް އަލައިކާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;