އެކަމަށްޓަކައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ބިން ހިއްކުން ފައްޓަވާދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްއެވ.ެ މި ރަސްމިއްޔާތުގައ،ި މަޑަވެލި ދާއިރާގެ މަޖްލިސް މެމްބަރު މުހައްމަދު ޝަމީޒްއާއ،ި މިނިސްޓަ އޮފް ސްޓޭޓް ފޯ ކޮންސްޓްރަކްޝަން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު އިސްމާއިލް ހަމީދު އާއި އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު، މުހައްމަދު ޖަމްޝީދް އަދި ގދ. މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ހިމެނިވަޑައިގަންނަވައެވެ.
މި މަޝްރޫއުގެ ފޭސް 1ގެ ދަށުން 8.85 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 628.70 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓެއް ޖެހުމާއ،ި 678 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް އެމްޓީސީން ބުނެއެވެ. މި މަޝްރޫއު އެމްޓީސީސީ ހަވާލުކޮށްފައިވަނީ 77.9 މިލިއަން ރުފިޔާއަށެވެ. އަދި މި މަސައްކަތް 390 ދުވަސް ތެރޭ ނިންމަން ޖެހެއެވެ.
މި މަޝްރޫއުގެ ފޭސް 2ގެ ދަށުން 19.17 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއ،ި 1645 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއ،ި 120މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 174.58 މިލިއަން ރުފިޔާއަށް 400 ދުވަސްތެރޭ ނިންމަން ޖެހޭކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;