ހައުސިން ގްރޭޓާ މާލެ ނަމަކަށް ކިޔާ އެކައުންޓަކުން އެކްސްގައި އާއްމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި، އިންޑަސްޓްރިއަލް ސްޓެންޑާޑުގެ އެ ލޯންޑްރީ ފެކްޓްރީ ހިންގަނީ ވިނަރެސް ހުޅުމާލެ 2 ގެ 8އޭ-206ގަ އެވެ.
ސޯޝަލް ކެޓަރީގެ ތެރެއިން ދޫކޮށްފައިވާ އެ ފްލެޓުގެ ތެރޭގައި ވަނީ ގިނަ އަދަދެއްގެ ދޮންނަ މެޝިނާއި ހިއްކާ މެޝިން އަދި އެ ތަކެތި އިސްތިރިކޮށް ރީތިކޮށް ފަތްޖަހާލެވޭ މެޝިން ވެސް ބަހައްޓައިފަ އެވެ.
މިކަމާ ގުޅިގެން އެޗްޑީސީގެ މީޑިއާ އޮފިޝަލް "ސީއެންއެމް" އަށް މިއަދު ވިދާޅުވީ، ވިނަރެސް ޓަވަރުގައި ލޯންޑްރީ ފެކްޓްރީ ހިންގާކަން އެޗްޑީސީއަށް ފާހަގަވެ އެކަން ހުއްޓާލުމަށް މިހާރު ނޯޓިސް ދީފައި ވާނެކަމަށެެވެ.
ހުޅުމާލޭގައި އާންމުން ދިރިއުޅޭ އިމާރާތްތަކުގައި އިންޑަސްޓްރިއަލް އެފަދަ މަސައްކަތް ކުރުމަކީ މަނާކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;