އަމްސޫދާ "ސީއެންއެމް" އަށް ބުނި ގޮތުގައި، އޭނާއަކީ 2017 ވަނަ އަހަރުން ފެށިގެން ކިޑްނީ ބަލި ހުންނަ މީހެކެވެ. ކިޑްނީގެ މައްސަލައިގެ ސަބަބުން ޕްރޮޓީން އާއި ލޭ ކުޑަކަމުދާ ތަކެއްޗަށް ލީކްވާތީ އެކަމަށް ފަރުވާ ހޯދަން ފެށި އެވެ. އެ ބަލީގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް، 2020 ވަނަ އަހަރުގެ ފަހުން ހަކުރު މައްޗަށް ދާން ފެށި ކަމަށް އަމްސޫދާ ބުންޏެެވެ. އޭރު ޑޮކްޓަރު ލަފާކުރީ އެއީ ދިގު މުއްދަތަކަށް ކިޑްނީއަށް ބޭސްކުރަމުން ދިއުމުގެ ސަބަބުން ދިމާވާ ކަމެއް ކަމަށެވެ.
އޭގެފަހުން ބަރުދަން ލުއިވުމާއި މާބޮޑަށް ވަރުބަލިވުން ފަދަ ކަންކަން ފާހަގަވާން ފެށުމާ ގުޅިގެން ޑޮކްޓަރަށް ދެއްކުމުން އެނގުނީ ތައިރޮއިޑް މައްސަލަ ހުރިކަމެވެ. އެކަމަށް ގިނަ ދުވަސްތަކެއް ވަންދެން ބޭސްކުރުމުން ވެސް ރަނގަޅު ނުވުމުން، ޑޮކްޓަރުންގެ ލަފައާއެކު އަމްސޫދާ ނިންމީ ސާޖަރީ ހަދާށެވެ. އިންޑިއާގެ ރާޖަގިރީ ހޮސްޕިޓަލްގައި އެ ސާޖަރީ ހެދީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
ޑޮކްޓަރުގެ ލިޔުމެއް
އޭރު އަމްސޫދާގެ ހަށިގަނޑުން ފެންނަމުން ދިޔަ އަލާމާތްތަކާއެކު ކެންސަރަށް ޝައްކު ކުރެވިގެން ހެދި ބަޔޮޕްސީގެ ނަތީޖާއިން ދެއްކީ ސްޓޭޖް 1 ގެ ތައިރޮއިޑް ކެންސަރު ހުރި ކަމަށެވެ. އެއާއެކު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ އިންޑިއާއިން ލޯ ޑޯޒް ރޭޑިއޯ އަޔަޑިން ތެރަޕީ ފަރުވާ ހޯދާފަ އެވެ. މި ޑޯޒް ފުރިހަމަކުރުމަށް ފަހު ވެސް އަމްސޫދާގެ ބަލީގެ ފަރުވާއަށް މާބޮޑު ކުރިއެރުމެއް ލިބިފައި ނުވާއިރު، ޑޮކްޓަރު ލަފާދީފައިވަނީ ހަ މަސްދުވަސް ފަހުން ރޭޑިއޭޝަންގެ އިތުރު ޑޯޒެއް ފުރިހަމަކުރުމަށެވެ. އެހެންކަމުން އޭނާ ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު އަނެއްކާވެސް ފަރުވާއަށް ފުރުމަށެވެ.
އަމްސޫދާގެ ސްކޭންގެ ނަތީޖާ
އަމްސޫދާ ބުނީ ފަރުވާއަށް އިންޑިއާއަށް ދިއުމަށް މިހާރު އާސަންދަ ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާގައި ހޭދަކުރާ މުއްދަތުގައި ހުރުމާއި ކެއުން ފަދަ އެހެނިހެން ކަންކަމަށް ވެސް ބޮޑު ހަރަދެއް ދާނެ ކަމުގައި އޭނާ ފާހަގަކުރި އެވެ. އެހެންކަމުން، އަމްސޫދާގެ ބައްޔަށް ފަރުވާ ހޯދުމަށް ކުރާ މި ދަތުރުގެ ހަރަދުތަކަށް އޭނާ ވަނީ އާންމުންގެ ދީލަތި އެހީއަށް އެދިފަ އެވެ.
އެކައުންޓް ނަމްބަރު: 7714352615101 (އައިޝަތު އަމްސޫދާ)
އިތުރު މައުލޫމާތު ހޯދުމަށް: 9835303 (އައިޝަތު އަމްސޫދާ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;