އޮގަސްޓް މަހުން ފެށިގެން ރާއްޖެ އަށް ފަށާ ދަތުރު ތަކާއި ގުޅޭ ގޮތުން ބެލާވިއާ އެއާލައިންގެ ބުނީ ރާއްޖެ އަކީ ދިގު ދަތުރުތަކަށް އުންމީދީ މަންޒިލެއް ކަމަށާއި އެ ދަތުރުތައް ކުރާނީ ޓްރަޔަލް ފޭސްއެއްގެ ގޮތުގައި ކަމަށެވެ.
އެގޮތުން 6-8 އަކާ ދެމެދުގެ އަދަދަކަށް ޓްރަޔަލް ފްލައިޓް ބޭއްވުމަށް ނިންމާފައިވެ އެވެ. މި ދަތުރުތަކަށް އޮންނަ ޑިމާންޑާއި އޮޕަރޭޝަނަލް ކަންކަން ބެލުމަށްފަހު ދާއިމީ ދަތުރުތަކާ މެދު ގޮތެއް ނިންމާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.
ސްވިޒަލޭންޑްގެ އެޑެލްވައިސް އެއާ އިން ވެސް ވަނީ އޭޕްރީލް މަހު ރާއްޖެއަށް ގާތްގަނޑަކަށް 20 ދަތުރު ކުރުމަށް ތާވަލުކޮށްފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެއާ އިންޑިއާއިން ވެސް ވަނީ މިމަހުގެ 10 އިން 18 އަށް އިތުރު 78 ދަތުރު ބާއްވާފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;