ads
ކުރީގެ މިނިސްޓަރު ކަމާއި ސަފީރުކަން ކުރެއްވި އަދި އިގުތިސާދީ ދާއިރާގެ ތަޖުރިބާކާރު އަހުމަދު މުހައްމަދު - ފޮޓޯ: ޕީއެސްއެމް
މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ފައިދާވާނީ ސިޔާސީންނަށް: އަންޑޭ
މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން އޭގެ ފައިދާ ލިބެނީ ސިޔާސީންނަށް ކަމަށާއި، އިގުތިޞާދީ ގޮތުންނާއި ގައުމުގެ ހަމަޖެހުމަށް އެކަމުން ކުރާނެ އެއްވެސް މަންފާއެއް ނެތް ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު އަޙްމަދު މުޙައްމަދު (އަންޑޭ) ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އޭނާ އެހެން ވިދާޅުވީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނުކުންނާނެ ނަތީގެ "ދެފަރާތް" ހާމަކުރުމަށް ޕޮލިސީއެމްވީ އިން ބޭއްވި ޑިސްކަޝްނަގައި އެވެ. 

އަހުމަދު މުހައްމަދު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރަށް 85 މިލިއަން ރުފިޔާ ހަރަދުވިއިރު، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއެކު އެ ދެ އިންތިހާބުގެ ޖުމްލަ ހަރަދަކީ 147 މިލިއަން ރުފިޔާ ކަމަށެވެ. މިއީ ގައުމީ ބަޖެޓުގެ ނިސްބަތުން ބަލާއިރު ޕަސެންޓެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދެ އިންތިހާބު ފަސް އަހަރުގެ މުއްދަތަކަށް ބަހާލައިފިއްޔާ ދިވެހި ރައްޔިތެއްގެ ބޮލަކަށް އަހަރަކަށް މި ޖެހެނީ 74 ރުފިޔާ. ކޮންމެ ދުވާލަކަށް ބަހާލައިފިއްޔާ މި ޖެހެނީ ދުވާލަކަށް 20 ލާރި. 20 ލާރި ހަރަދު ނުކުރެވިގެންތޯ މިއުޅެނީ ނޭވާ ނުލެވިގެން؟" އޭނާ ސުވާލު އުފެއްދެވި އެވެ.

އޭނާ ވިދާޅުވީ، އެ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ސިޔާސީ މީހުން ރައްޔިތުން ކައިރިއަށް ގޮސް ހަރަދު ކުރަންޖެހޭ ވަރު ދެ ފަހަރުގެ ބަދަލުގައި އެއްފަހަރަށް ބަދަލުވާ ކަމަށެވެ. 

"އޭގެ މިސާލެއް ނޫންތޯ ރާއްޖޭގައި ވުޖޫދުގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ދެ ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީއެއް އެ ތިބީ މިކަމަށް ތާއީދު ކޮށްގެންނޭ. އެއީ އެ މީހުންނަށޭ މީގެއިން ފައިދާ އޮތީ،" އަންޑޭ ވިދާޅުވި އެވެ.


އޭނާ ހިއްސާކުރެއްވި ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެ ބުރަށް 85 މިލިއަން ރުފިޔާ ހަރަދުވިއިރު، 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބާއެކު ދެ އިންތިހާބުގެ ޖުމްލަ ހަރަދަކީ 147 މިލިއަން ރުފިޔާ އެވެ. މިއީ ގައުމީ ބަޖެޓުގެ ނިސްބަތުން ބަލާއިރު ޕަސެންޓެއްގެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް ކުޑަ މިންވަރެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 4 ގައި ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާ އެކު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވަން ފެނޭތޯ ފެންނަ ނުފެންނަ ވޯޓު ބާއްވާށެވެ. 

އިދިކޮޅު އެމްޑީޕީއިން ދަނީ އެ އިންތިހާބަށް ނޫނެކޭބުނެ ޖަލްސާތަކާއި ކެމްޕއިން ހަރަކާތްތައް ހިންގަމުންނެވެ. ނަަމަވެސް ސަރުކާރުން ބުނަމުން އަންނަނީ ދެ އިންތިހާބު އެއް ކުރުމަކީ ޑިމޮކްރަސީގެ ސިފައެއް ކަމަށާއި އިންތިހާބު ގިނަވުމަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ކަމެއްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;