ads
ސަރުކާރުން ފަށާ ޓެކްސީ ލައިނަށް ބޭނުންކުރާ ކާރުތައް އެމްޕީއެލް ސަރަހައްދަށް ބާލާފައި - ފޮޓޯ: އެމްޓީސީސީ
ސަރުކާރު ޓެކްސީ ލައިންގެ ފަސް ކާރު ވިލިމާލޭގައި ދަތުރުކުރާނެ
މާލޭގައި އާއްމު ދަތުރުފަތުރުގައި މިހާރު ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ފަސް ކާރު ހާއްސަކޮށްފައިވަނީ ވިލިމާލޭގައި ދަތުރުކުރުމަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ވިލިމާލޭގައި އިމާރާތް ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫއުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްތަލިބު ވިދާޅުވީ ސަރުކާރުގެ ޓެކްސީ ލައިނުގައި ހިމެނެނީ އިލެކްޓްރިކް ކާރުތަކެއް ކަމަށްވުމުން އެ ކާރުތަކަކީ ވިލިމާލޭގެ މާހައުލާ ގުޅޭނެ ކާރުތަކެއް ކަމަށެވެ.

"ސަރުކާރުން މިހާރު ފެށުމަށް ތައްޔާރުވަމުންދާ މާލޭ ޓެކްސީ ލައިންގެ ހިދުމަތް ފެށޭއިރުގައި މިރަށުގައިވެސް އޭގެ ފަސް ޓެކްސީ ގެނެސް ރައްޔިތުންނަށް އެ ހިދުމަތް ދެވިގެންދާނެކަން. މިއީ އިލެކްޓްރިކް ޓެކްސީތަކަކަށްވާތީ މިރަށުގެ މާހައުލާއި މިރަށުގެ ރައްޔިތުންގެ ފަސޭހަކަމާއި މިރަށުގެ ތަރައްގީއަށް ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ކަމެއްކަމީ ޝައްކެއް އޮތް ކަމެއް ނޫން" މުއްތަލިބު ވިދާޅުވި އެވެ.

ސަރުކާރުގެ ޓެކްސީ ލައިން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ. 

ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ކާރުގެ ފުރަތަމަ ޝިޕްމެންޓް މިހާރު ވަނީ ރާއްޖެއަށް ގެނެސްފަ އެވެ. ޖުމުލަ 150 ކާރު ގެންނަން ނިންމާފައިވާއިރު ފުރަތަމަ ބުރުގައި ގެނައީ 60 ކާރެވެ. ދެވަނަ ޝިޕްމަންޓު ރާއްޖެ ގެނެވޭނެ ކަމަަށް އެ ކުންފުނިން ލަފާކުރަނީ އަންނަ އާދިއްތަ ދުވަހު އެވެ. އެ ދުވަހު 90 ކާރު ގެންނާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. 

ޓެކްސީ ހިދުމަތުގައި ޕާޓްޓައިމް ޑްރައިވަރުންވެސް މަސައްކަތް ކުރާނެކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ. ޑްރައިވަރުން ތިބޭނީ ވެސްޓް ލައިގެންކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ. ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ހިދުމަތާއެކު، މުޅި ހިދުމަތަށް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ސަރުކާރުން ގަބޫލުކުރައްވަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;