ads
މަންމަގެ އާއިލާ ހޯދަން ކުރި މަސައްކަތް
މަންމަގެ އާއިލާ ހޯދަން 20 އަހަރު ކުރި މަސައްކަތް
އިނގިރޭސިވިލާތުގައި ދިރިއުޅެމުންދިޔަ ލިން ހަވަލް ނަމަކަށް ކިޔާ އަންހެނަކު 2022 ވަނަ އަހަރު މަރުވުމާ ގުޅިގެން އޭނާގެ ވާރުތަވެރިން ހޯދަން ކުރި މަސައްކަތުގެ ތެރެއިން، އެހެން އާއިލާއެއްގެ 20 އަހަރުވީ ބޮޑު ސިއްރެއް ހާމަވެއްޖެ އެވެ.
Advertisement

މިކަމުގެ ސަބަބުން، ލިންގެ ކަޒިންއެއް ކަމަށްވާ ޗާމެއިން ބާޑް އޭނާގެ މަންމަ އެލިޒަބަތުގެ އާއިލާ ހޯދަން ކުރަމުންދިޔަ ދިގު އިންތިޒާރަށް ވަނީ ނިމުމެއް އައިސްފަ އެވެ. އެލިޒަބަތަކީ މުޅި އުމުރު ދުވަހު އޭނާ އަކީ އެއްވެސް އާއިލާއެއް ނެތް ޔަތީމެއް ކަމަށް ގަބޫލުކޮށްގެން އުޅުނު މީހެކެވެ.

ޗާމެއިންގެ މާމަ، ތެލްމާ އެޖް ވަނީ އޭނާގެ ދަރިން ދޫކޮށްލުމަށްފަހު، އެކި ކައިވެނިތައް ކޮށްގެން އޭނާގެ މާޒީ އެއްކޮށް ސިއްރުކޮށްފަ އެވެ. އެގޮތުން އެލިޒަބަތު ބޮޑުވީ ސައުތު އެފްރިކާގެ ޔަތީމުހާނާއެއްގައި ކަމަށްވާއިރު، އޭނާގެ އެހެން އާއިލާ މެމްބަރުން ތިބޭ ކަމެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ. 

އޭގެ ތެރޭގައި ލިންގެ މަންމަ ޖޯން ވެސް ހިމެނޭއިރު، ޖޯން އަކީ ވެސް ލަންޑަންއަށް އުފަންވުމާއެކު މާމަ ދޫކޮށްލާފައިވާ ކުއްޖެކެވެ. ކުންފުންޏަކުން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި ތެލްމާ ވަނީ ހަތަރު ކައިވެންޏެއް ކޮށް އަށް ކުދިން ވިހާފަ އެވެ.

މި ހަގީގަތްތައް ހޯދުމަށް ޗާމެއިން 20 އަހަރު ވަންދެން މެދުކެނޑުމެއްނެތި މަސައްކަތް ކުރިއިރު، މަންމަ އެލިޒަބަތު ދުނިޔޭގައި ހުރިއިރު އޭނާގެ އުފަން މަންމަ ހޯދައި ބައްދަލުކުރި އެވެ. ނަމަވެސް ތެލްމާ ވަނީ އެލިޒަބަތު ބަލައިގަތުމަށް ދެކޮޅު ހަދާފަ އެވެ. 

އާއިލާއެއް ނެތި ބޮޑުވި އެލިޒަބަތު ފަހުން ކައިވެނިކޮށް ނުވަ ކުދިން ހޯދައި، ބޮޑު އާއިލާއެއް ބިނާކުރި އެވެ. އޭނާގެ މަންމަ ނިސްބަތްވާ ބޮޑު އާއިލާއެއް އޮތްކަން ޔަގީންވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް ޗާމެއިން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;