ads
ބީއެމްއެލްގެ ސީއީއޯ
ބީއެމްއެލުން ވިލިމާލޭގައި އަޅާ އަގުހެޔޮ ފްލެޓްތައް އަޅަން އާރުސީސީއަށް
ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް) އިން ވިލިމާލޭގައި އަޅާ ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
Advertisement

ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އިން ގާއިމްކުރާ 3260 ހައުސިންގ ޔުނިޓްގެ ތެރެއިން ވިލިމާލޭގައި އިމާރާތްކުރަންް ނިންމާފައިވަނީ 300 ޔުނިޓްއެވެ. އެ ޔުނިޓްތަކުގައި އަމަލީ މަސައްކަތް ފަށަައިފައިވާކަމަށް ބީއެމްއެލުން ބުނެއެވެ. 

މި ފްލެޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރައްޔިތުން މަޖލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އާއިލީ ކުންފުނިކަމަށްވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އަށްކަމަށް ބީއެމްއެލުން ބުނެއެވެ. އަދި މި ހައުސިން ޔުނިޓްތައް އިމާރާތްކުރުމުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައިލެވޭނެކަމަށް ބީއެމްއެލުން ބުނެއެވެ. 

ބީއެމްއެލް އިން އަޅާ އެފޯޑަބްލް ހައުސިންގެ އަގުހެޔޮ ފްލެޓްތަކުގެ ކުއްޔަކީ ގާތްގަޑަކަށް 10،000 ރުފިޔާކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވަނީ ވިދާޅުވެފައެވެ. 

 

ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 3،260 ފްލެޓު އިމާރާތްކުރާނެ އެވެ.

އެ މަޝްރޫއުގެ ދަށުން ބައެއް ފްލެޓު އަޅަން ހަވާލުކޮށްފައި ވަނީ ރާއްޖޭގައި ބޮޑެތި ބައެއް މަޝްރޫއުތައް ހިންގަމުން އަންނަ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ އެެވެ. އަދި ބައެއް ދިވެހި ކުންފުނިތަކާ ވެސް ވަނީ ފްލެޓު އަޅަން ހަވާލުކޮށްފަ އެވެ. 

ބީޔޫސީޖީއާ ހަވާލުކުރީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު އިމާރާތް ކުރާށެވެ. ވިނަރެސް ފްލެޓުތަކުގެ މަސައްކަތް ނިންމި އަދި ގުޅިފަޅާއި ހުޅުމާލޭ 2ގެ އިންފްރާސްޓްރަކްޗާގެ މަސައްކަތްތަކެއް ވެސް ކުރަމުން އަންނަ ސީއެމްއީސީން އިމާރާތް ކުރާނީ 1،224 ހައުސިން ޔުނިޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;