އެކަމަށްޓަކައި މިއަދު އިންފްރާސްޓަރަކްޗަރު މިނިސްޓްރީގައި ގައި ބޭއްވި ރަސްމިއްޔާތެއްގައ،ި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދުއެވެ. އެމްޓީސީސީގެ ފަރާތުންް ސޮއިކުރީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު އަބްދުލް ރަޙްމާން ޔޫސުފް އެވެ.
މި މަޝްރޫއުގެ ދަށުނ،ް 61,870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުގެ ބޭސިން އަދި ނެރު ފުންކުރުމާއ،ި 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއ،ި 409 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން ހިމެނޭކަމަށް އެމްޓީސީސީން ބުނެއެވެ. އޭގެއިތުރުން 417 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 81 މީޓަރުގެ ސަރަ ހައްދެއްގައި ގްރޮއިން ޖެހުމާއ،ި 1703 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫއު އެމްޓީސީސީ ހަވާލުކޮށްފައިވަނީ 88.63 މިލިއަން ރުފިޔާއަށެވެ. އަދި މި މަސައްކަތް ހަވާލުކޮށްފައިވަނީ 510 ދުވަސްތެރޭގައި ނިންމަންް ޖެހޭ ގޮތަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;