ads
ގާސިމް އިބްްރާހިމްއާއި މާލޭ މޭޔަރުކަމަށް ވާދަކުރައްްވާ މޫސާ އަލީ ޖަލީލް
އޭނާގެ އަޑުއަހާ ބަސް ގަބޫލުކުރާ މީހުން މޫސާ އަލީ ޖަލީލަށް ވޯޓްދޭން ގާސިމް އެދެފި
އޭނާގެ އަޑުއަހާ ބަސް ގަބޫލުކުރާ މީހުން މާލޭގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލަށް ވޯޓްދޭން ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އެދިވަޑައިގެންފިއެވެ.
Advertisement

ސަރުކާރުގެ ހުރިހާ ނިންމުންތަކަށް ތާއިދުކުރައްވަމުން ގެންދަވާ ގާސިމް އިބްްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ އަލީލް ޖަލީލް އެންޑޯޒްކޮށް އޭނާއަށް ތާއީދުކުރަން ނިންމާފައިވާކަމަށެވެ. 

ގާސިމްގެ ދިގު ޕޯސްޓުގައި އޭނާ ވިދާޅުވީ މޫސާ އަލީ ޖަލީލަކީ، ޤައުމީ ހިދުމަތުގެ ފަހުރުވެރި ރެކޯޑްތަކެއް އޮތް، މި ޤައުމުގެ ދިފާއުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ބަތަލެއްކަމަށެވެ. އެގޮތުން 1988 ވަނަ އަހަރު ނޮވެންބަރުމަހު ތިނެއްގައި ޤައުމު ސަލާމަތްކުރުމަށް މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް މޫސާ އަލީ ޖަލީލްގެ ގަދަފަދަ ޤައުމީ އަޒުމު ސާބިތުކޮށްދޭކަނ ގާސިމް ވިދާޅުވިއެވެ. 

އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް މޫސާ އަލީ ޖަލީލް ހުންނެވީ އަބަދުވެސް ޤައުމަށްޓަކައި ތައްޔާރަށްކަމަށާއި ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކުކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މޫސާ އަލީ ޖަލީލަކީ ފަސްބައިގާ ކިލަނބުކަމެއް ނެތް އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތް. ނުހަނު ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހްސިއްޔަތެއްކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

 އެހެންކަމުން އޭނާގެ ބަސް އަހާ އެންމެން މޫސާ އަލީ ޖަލީލަށް ވޯޓް ދިނުމަށް ގާސިމްވަނީ އެދިވަޑައިގެންފައެވެ. 

" އަޅުގަނޑުގެ އަޑުއައްސަވާ ބަސް ގަބޫލުކުރައްވާ އެންމެހާ އަޚުންނާއި އުހްތުން، މިފަހަރުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލަށް ( ކެނޑިޑޭޓް ނަންބަރު 4 އަކަށް ) ތާއީދުކުރައްވާ ވޯޓުދެއްވުން. ގާސިމް އިބްރާހިމް އެކްސްގައި ކުރެއްްވި ޕޯސްޓުގައިވެެއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ ވެރިކަންކުރާ ސަހަރު ހިންގެވުމުގެ އެންމެ އިސް މަޤާމަށް މޫސާ ޖަލީލަށްވުރެ ތަޖްރިބާކާރު، އަމާނާތްތެެރި، ހިދުމަތްތެރި، ޤާބިލް، ކުފޫހަމަވާ އެހެން ކެންޑިޑޭޓަކު ނެތްކަމަަށެވެ. 

އަންނަ ލޯކަލް ކައުންސިލްގެ އިންތިހާބު އޮންނާނީ އަންނަމަހުގެ 4 ވަނަދުވަހުއެވެ. އެ އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް 5 ކެންޑިިޑޭޓަކު ވާދަކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;