ads
އިދާރާތަކުގެ އިހުމާލުން ކުއްޖަކު މަރުވިކަމުގެ ތުހުމަތުކުރެވޭ މައްސަލަ ބަލަނީ
އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކު އިއްޔެ މަރުވީ އެންސްޕާ އިން ފީޑިން ޓިއުބެއް ނުލިބި އަށް މަހެއްހާ ދުވަސް ހޭދަވެގެން ކަމަށް އާއިލާ އިން ބުނާ މައްސަލަ ހެލްތު މިނިސްޓްރީ އާއި ކަމާބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.
Advertisement

އަޒާންގެ މަންމަ އާމިނަތު ޔަޝްފާ މި މަހުގެ 16 ވަނަ ދުވަހު ފޭސްބުކް ގައި ކުރި ޕޯސްޓެއްގައި އޭނާގެ ދަރިފުޅަށް ބޭނުންވާ ހޮޅިކޮޅު ހޯދުމަށް އެސްޓީއޯގައި އެދުނުތާ އަށް މަސް ވެގެންދިޔައިރުވެސް ހަބަރެއް ނުވާ ކަމަށް ބުނެ ކަންބޮޑުވުންތައް ހާމަކޮށްފައިވެ އެވެ.

"ދަރިފުޅަށް ކާން ދެނީ ޕެގް ޓިއުބަކުން. މިދިޔަ އަހަރު ދެ ޕެގް ޓިއުބް ހޯދަން އެސްޓީއޯއިން އޯޑަރުކުރިން. އަދިވެސް ނުލިބޭ. މިހާރު އަށް މަސްވީ. އެސްޓީއޯއަށް ގުޅައި، ހުޅުމާލޭގެ އެސްޓީއޯ ފާމަސީއަށް އެތައް ފަހަރެއްގެ މަތިން ދެވިއްޖެ. މިހާރު ޕެގް ޓިއުބް ކޮންމެހެންވެސް ބަދަލުކުރަން އެބަ ޖެހޭ. އަހަރެން މިހުރީ ގޮތް ހުސްވެފައި. އެއްވެސް ފާމަސީއަކުން ނުލިބޭ،" ޔަޝްފާ ބުންޏެވެ.

ޔަޝްފާގެ ކަންބޮޑުވުންތައް ސޯޝަަލް މީޑިއާއަށް ތިލަކުރިތާ ނުވަ ދުވަސް ފަހުން އޭނާއަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރި އާންމު މީހަކަށް ފޮނުވި މެސެޖެއްގައި ބުނީ އަޒާންގެ ހާލު މިހާރު ވަރަށް ދެރަ ކަމަށާއި ހޮޅިކޮޅު ސަރުކާރުން ދިން ނަމަވެސް ބޭނުން ނުކުރެވުނު ކަމަށެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. މިދުއަމް ހާމަކުރި ގޮތުގައި، ކުއްޖާއަށް ކާންދިނުމަށް ބޭނުންވާ ޕީއީޖީ ޓިއުބެއް ހޯދުމަށް އެ ކުއްޖާގެ މަންމަ އަށް މަސް ދުވަސް ވަންދެން އިންތިޒާރު ކުރަން ޖެހުނެވެ.

ނަމަވެސް، އެހާ ގިނަ ދުވަސް ފަހުން އެންސްޕާ އާއި އެސްޓީއޯއިން ބުނީ އެ ޓިއުބަށް އޯޑަރުވެސް ދީފައި ނުވާ ކަމަށް ކަމަށް މިދުއަމްގެ ޕޯސްޓުގައި ވެއެވެ. މިދުއަމް ބުނި ގޮތުގައި، ދައުލަތުގެ އިދާރާތަކުން އެހީތެރިކަން ނުލިބުމުން އަމިއްލަ ފަރާތެއްގެ އެހީގައި އެ ޓިއުބް ހޯދައި ރާއްޖެ ގެނައެވެ.

ހެލްތު މިނިސްޓްރީން ބުނީ ކުއްޖަކު މަރުވި މައްސަލަ އެ މިނިސްޓްރީ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. 

"25 މާރިޗް 2026 ގައި މ. ޗީޒް, އިބްރާހީމް އަޛާން ސުހައިލް ނިޔާވި ހާދިސާ މި ވުޒާރާއިން ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން ދަނީ ބަލަމުންނެވެ," ހެލްތު މިނިސްޓްރީން ބުންޏެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި، އެ ހޮޅި ލިބުން ލަސްވި ކަމަށް ބުނާ މައްސަލަ އިންޓާނަލީ އަންނަނީ ބަލަމުންނެވެ.

މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ދަނީ އެންސްޕާ އާއި އެސްޓީއޯގެ ހިންގުން ހަރުދަނާކޮށް، އިހުމާލުވި ކަމަށް ތުހުމަތު ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;