ads
ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ ޒިންމާތަކާ ޙަވާލުވެވަޑައިގެންހުރި، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ރަޝީދު
އޭސީޕީ ހުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ނުބަލަން: ފުލުހުން
އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން ބަލައި، ފިޔަވަޅު އަޅާފައި ނުވާ ކަަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ރޭ ވިދާޅުވެއްޖެއެވެ.
Advertisement

އޭސީޕީ ހުސައިން ރަޝީދުގެ މައްސަލައެއް މީގެ 10 އަހަރު ކުރިން ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ގެނެސްދީފައިވާ މައުލޫމާތާއި ގުޅޭގޮތުން ދިވެހި ފުލުހުން ރޭ ބުނީ، އެއްވެސް މައްސަލައަކާ ގުޅިގެން ސުވާލުކޮށް އެއްވެސް އިރެއްގައި އޭނާއާމެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާފައި ނުވާކަން ރިކޯޑްތަކުން ސާފުވާ ކަަމަށެވެ.

ހުސައިން ރަޝީދު ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުގެ މަގާމަށް އައްޔަންކުރެއްވީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;