އެޗްޑީސީން ބުނީ މި ސަރަހައްދު ސާވޭ ކުރުމާއި އިންފާރު ވަކިކުރުމުގެ މަސައްކަތްތައް ހައުސިން މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ ކަމަށެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ނިންމާލީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. ނިމުނު ސަރުކާރުގައި ބިންވެރިޔާ ސްކީމްގެދަށުން ހުޅުމާލެއިން 1300އަށްވުރެ ގިނަ ގޯތި ދޫކުރަން ކަނޑައަޅާފައި ވެއެވެ. ހުޅުމާލެއިން އަލަށް ހިއްކި ފޭސް 3 ސަރަޙައްދުން 698 ގޯތި ދޫކުރުމަށް ނިންމާފަ ވެއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;